ޕާކިސްތާންގައި ބަހެއް ގޮވައި އޭގެން ދަތުރުކުރި މީހުން މަރުވެއްޖެ

ޕާކިސްތާންގައި އިމާރާތްކުރާ މީހުން ގޮވައިގެން ދަތުރުކުރި ބަހެއް ގޮވައި، އުސް ތަނަކުން ވެއްޓުމުގެ ސަބަބުން އޭގައި ދަތުރުކުރި ޗައިނާގެ 9 މީހުންނާއެކު 12 މީހުން މަރުވެފައިވާ ކަމަށް ޕާކިސްތާންގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

މިހާދިސާ ހިނގާފައިވަނީ މުވައްޒަފުން ގޮވައިގެން ޕާކިސްތާންގެ އުތުރުގައި އޮންނަ ޚައިބަރ ޕަޚްތުންޚްވާގައި ހުންނަ ޑާސޫ ހައިޑްރޯޕަވަރ ޕްރޮޖެކްޓަށް ދިއުމަށް ދަތުރު ކުރަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އިޝްތިހާރު Below Header ad

ހާދިސާ ހިނގާފައި ވަނީ ބަހަށް ދިމާވި މެކަނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ޕާކިސްތާންގެ ޚާރިޖީ ވުޒާރާއިން ބުނިނަމަވެސް ޗައިނާއިން ބުނެފައި ވަނީ، ބަހަށް ހަމަލާއެއް ދީފައިވާ ކަމުގައެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާރު ތަހުގީގު ކުރަމުންދާ ކަމަށް މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވެއެވެ.

މިހާދިސާއާއި ބެހޭގޮތުން ޕާކިސްތާންގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބަހަށް ދިމާވި މެކަނިކަލް މައްސަލައެއްގެ ސަބަބުން ތެޔޮ ލީކުވެފައިވާ ކަމަށާއި، އެހެންކަމުން ބަހުގައި ރޯވެ ގޮވީ ކަމަށް އަދި މަގުން ކައްސާލައިގެން އުސްފަރުބަދައިން ވެއްޓުނީ ކަމަށެވެ. އެހެންނަމަވެސް ބަހަށް ބަޔަކު ހަމަލާއެއް ދިނީ ކަމަށްބުނެ ޗައިނާއިން ދަނީ މިމައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް ޕާކިސްތާންގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަހަކަށް އައިސް ޕާކިސްތާނުގައި ޗައިނާގެ ބައެއް ޕްރޮޖެކްޓް ތަކުގައި މަސައްކަތްކުރާ އެޤައުމުގެ މުވައްޒަފުންނަށް އަމާޒުކޮށް ޙަމަލާތައް ދެމުންދާ ކަމަށާއި، މިފަދަ ޙަމަލާތަކުގައި ޗައިނާގެ މުވައްޒަފުން ޒަޚަމްވެ އަދި މަރުވެފައިވާ ކަމަށެވެ. އެހެންކަމުން އެޤައުމުގެ މުވައްޒަފުން މަސައްކަތަށް ނޫން ގޮތަކަށް ބޭރަށް ނުނިކުތުމަށާއި، އަދި ބޭރުގައި އުޅޭ ވަގުތުތަކުގައި ސަމާލުވެ ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކޮށްފައިވާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

 

 

ޚައިބަރ ޕަޚްތުންޚްވާގައި ހިންbus 1ގާ ޑާސޫ ހައިޑްރޮޕަވަރ ޕްރޮޖެކްޓަކީ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯގެ ދަށުން ހިންގާ 60 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓުގެ ދަށުން މިހާތަނަށް ޗައިނާއިން ޕާކިސްތާންގައި ކަރަންޓު އުފައްދާ އެތައް މަރުކަޒުތަކެއް ވަނީ ޤާއިމް ކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.