ޕާކިސްތާނާއި ގުޅޭ ބޯޑަރުގައި ތޯލިބާނުންގެ ދިދަ ނަގައިފި، އަފްގާން ސަރުކާރުން ބުނީ އެއީ ދޮގު ކަމަށް!

އަފްގާނިސްތާނާއި ޕާކިސްތާނު ގުޅޭ މައި ބޯޑަރުގެ އަފްގާން ފަޅީގައި ތޯލިބާނުންގެ ދިދަ ނަގައިފި އެވެ.

އަފްގާނިސްތާނުގެ ކަންދަހާރް ޕްރޮވިންސްއިން ދެ ގައުމު ގުޅޭ ބޯޑަރުގައި ދިދަ ނަގާ މަންޒަރު ފެންނަ ޥީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ. ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ތޯލިބާނުންގެ ބާރުގެ ދަށަށް ބޯޑަރު ސަރަހައްދު ގެންދިޔައީ އަފްގާން ސިފައިންނާއި ދެބައި މީހުންގެ މެދުގައި ހަމަޖެހުމެއް ހިންގުމެއް ނެތި ކަމަށެވެ.

އިޝްތިހާރު Below Header ad

އެކަމާއި ގުޅިގެން އަފްގާން ސަރުކާރުގެ އޮފިޝަލަކު ވަނީ އެ ސަރަހައްދު ތޯލިބާނުންގެ ބާރުގެ ދަށަށް ގެންދިޔަ ކަމަށް ބުނެ ހާމަ ކުރި ވީޑިއޯ އަކީ ތެދެއް ނޫން ކަމަށް ބުނެފައިވެ އެވެ. އެކަމަކު އާންމުވި ވީޑިއޯގައި ތޯލިބާނުންނާއި އަފްގާނިސްތާނުގެ ސިފައިން ވާހަކަދައްކަން ތިބޭތަންވެސް ފެނެ އެވެ.

ޕާކިސްތާނުގެ ސަރުކާރުގެ އޮފިޝަލުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕާކިސްތާނާއި ގުޅޭ ބޯޑަރު ހިފުމަކީ ތޯލިބާނުންނަށް ލިބުނު އެންމެ ބޮޑު ކުރިއެރުން ކަމަށެވެ. އެއީ ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ ދަރުތަކުން ތާލިބާނުންނަށް އާމްދަނީ ލިބެން ފަށާނެތީ އެވެ.

އެ ސަރަހައްދު ތޯލިބާނުންގެ ބާރުގެ ދަށަށް ގެންދިޔަ އިރު އަފްގާނިސްތާނުގެ ބިމުގެ 85 ޕަސެންޓު އެމީހުންގެ ބާރުގެ ދަށަށް ގެންދެވިފައިވާ ކަމަށް ތޯލިބާނުން ބުނެ އެވެ. މިވާހަކަ އާއި ގުޅިގެންވެސް އަފްގާން ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ތޯލިބާނުންގެ ބާރުގެ ދަށަށް އަނެއްކާވެސް އަފްގާން ދާން ފަށާފައި މިވަނީ 20 އަހަރު ވަންދެން އެ ގައުމުގައި ތިބި އެމެރިކާ ސިފައިން އެ ގައުމުން ފައިބަން ފެށުމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.