ޕްލާސްޓިކް އުލާއި ސަމްސާ ރާއްޖެ އެތެރެކުރުން ހުއްޓާލާއިފިން، ބޮޑު ތަފާތެއް ފެންނާނެ: މިނިސްޓަރ ޝައުނާ

ޕްލާސްޓިކް އުލާއި ސަމްސާ ރާއްޖެ އެތެރެކުރުން ހުއްޓާލާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބޮޑު ތަފާތެއް ފެންނާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝައުނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެއްފަހަރު ބޭނުންކުރެވޭ ސަމްސަލާއި އޫ ދިވެހިރާއްޖެއަށް އެތެރެކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ދަތުރުތަކާއި އެހެން ކަންކަމުގައި ދާއިރު އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް އުލާއި ސަމްސާ ބޭނުންކުރުން ހުއްޓާލުމުން ވަރަށް ބޮޑު ތަފާތެއް ފެނިގެންދާނެ ކަމަށެވެ.

އިޝްތިހާރު Below Header ad

“މިކަމުގެ އެންމެ ބޮޑު އެއްސަބަބަކީ ދަތުރުތަކަށް ގޮސް ބޭނުން ކުރާ ޕްލާސްޓިކް އުލާއި ސަމްސާ އެއްފަހަރު ބޭނުން ކުރުމަށްފަހު ބީޗުތަކަށް އުކާލާފައި ހުރުން ހުއްޓިގެން ދާނެތީ.” ޝައުނާ ވިދާޅުވި އެވެ.

ޕްލާސްޓިކާއި ނުލާ ކެމްޕޭނުގެ ދަށުން މި ގޮތަށް އަމަލުކުރަން ނިންމާފައިވާ އިރު، މި ކެމްޕޭނުގެ ދަށުން އެއްފަހަރު ބޭނުން ކުރެވޭ އެތައް ވައްތަރެއްގެ ޕްލާސްޓިކެއް މިހާރުވެސް ވަނީ ރާއްޖެ އެތެރެކުރުން ހުއްޓާލަން ނިންމާފަ އެވެ.

އެގޮތުން ޕްލާސްޓިކް ހޮޅިއާއި ބާޒާރުކުރަން ބޭނުން ކުރާ ކޮތަޅުގެ ވަކި ސައިޒެއްގެ ކޮތަޅާއި އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ޕްރޮޑަކްޓްތަކެއް ރާއްޖެ އެތެރެ ކުރުން ވަނީ ހުއްޓާލަން ނިންމާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.