އަފްޣާނިސްތާންގައި ދިރިއުޅޭ ފްރާންސްގެ ރައްޔިތުން އެޤައުމުން ފޭބުމަށް އަންގައިފި

އަފްޣާނިސްތާންގެ މަސްރަހު މިވަގުތު ހުރި ގޮތުން ސަލާމަތީ ކަންބޮޑުވުން އިތުރުވެފައި ވާތީ އަފްޣާނިސްތާންގައި މިވަގުތު ތިބި ފްރާންސްގެ ރައްޔިތުން އެޤައުމުން ފޭބުމަށް ފްރާންސް އެމްބަސީއިން އަންގައިފިއެވެ.

ކާބުލްގައި ހުރި ފްރާންސް އެމްބަސީއިން އަންގާރަ ދުވަހު މިގޮތަށް އަންގާފައި މިވަނީ އަފްޣާނިސްތާންގައި ހަރަކާތްތެރި ވަމުންދިޔަ ބޭރުގެ އަސްކަރިއްޔާތައް އެޤައުމު ދޫކޮށް ދިއުމުން، ތާލިބާނުން އެޤައުމުގެ އެކި ސަރަޙައްދު ތަކަށް ވެރިވެ އަތްގަދަ ކުރަމުންދާތީ، އެކަމުގެ ސަބަބުން އަފްޣާންގައި މިވަގުތު ތިބި ފްރާންސްގެ ރައްޔިތުންނަށް ކުރިމަތި ވެދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށް ޓަކައެވެ.

އިޝްތިހާރު Below Header ad

އެމްބަސީއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިވަގުތު އަފްޣާންގައި ތިބި ފްރާންސްގެ ހުރިހާ ރައްޔިތުން ސަލާމަތްތެރި ކަމާއެކު ފްރާންސަށް ގެންދުމަށްޓަކައި ޖުލައި 17 ވަނަ ދުވަހު ހާއްސަ ފްލައިޓެއް ޝެޑިއުލް ކޮށްފައިވާނެ ކަމަށެވެ. މިފްލައިޓް ފުރާނީ އެދުވަހު ހެނދުނު އަފްޣާނިސްތާންގެ ވެރިރަށް ކާބުލްއިންނެވެ، އަދި މިފްލައިޓްގައި މީހުން ގެންދިއުމަށް ހަމަޖެހިފައި ވަނީ އެއްވެސް އަގެއް ނުނަގައެވެ.

އެމްބަސީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އަފްޣާންގައި މިވަގުތު ތިބި ފްރާންސްގެ ހުރިހާ ރައްޔިތުން ވެސް އެދުވަހު އަނބުރާ ފްރާންސަށް ދިއުމަށް އެމްބަސީއިން ބާރު އަޅާ ކަމަށާއި، އަމިއްލަ އިޚްތިޔާރުގައި އެދުވަހު ނުގޮސް އަފްޣާންގައި މަޑުކޮށްފި ނަމަ މަޑުކުރާ ފަރާތްތަކުގެ ސަލާމަތީ އެއްވެސް ކަމެއްގެ ޒިންމާއާއި ޔަޤީންކަން ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ނެގެން ނޯންނާނެ ކަމަށާއި، ފަހުން ސަލާމަތްތެރި ކަމާއެކު އަނބުރާ ޤައުމަށް ދެވޭނެ މަގުފަހި ކޮށްދެވޭނެ ކަމުގެ ޔަޤީންކަން ވެސް ދެވެން ނެތްކަމަށެވެ.

އަފްޣަނިސްތާންގައި އަނެއްކާވެސް ތާލިބާންގެ ބާރު ގަދަވެ، އެކި ސަރަހައްދުތައް ހިފަން ފެށުމުން ފްރާންސްގެ އިތުރުން ޗައިނާއާއި އިންޑިޔާއިން ވެސް ވަނީ އަފްޣާންގައި ދިރިއުޅޭ އެޤައުމުތަކުގެ ރައްޔިތުން ފޭބުމަށް އަންގާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.