މިއަދު ޕޮޒިޓިވް ވި އަދަދު 100 އިން މައްޗަށް!
ރާއްޖެއިން މިއަދު މިއަދު ޕޮޒިޓިވް ވި 100 އިން މައްޗަށް އަރައިފި އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު 170 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެގޮތުން މާލެއިން 19 މީހުންނާއި އަތޮޅުތަކުން 78 މީހުން މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އަދި ރިސޯޓުތަކުން 7 މީހުންނާއި ލައިވް ބޯޑުތަކުން މީހަކާއި ތަރައްގީވަމުން އަންނަ ރަށްތަކުން 60 މީހުން އަދި އިންޑަސްޓްރީއަލް ރަށްތަކުން 5 މީހުން ވެސް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
މިއާއެކު 75،332 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، 72،569 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ.
ރާއްޖެއިން ކޮވިޑު ބަލީގައި މިހައިތަނަށް 214 މީހުން ވަނީ ނިޔާވެފަ އެވެ.
✳️ COVID-19 : Case Updates pic.twitter.com/9ZkdzK4sJI
— Health Protection Agency (@HPA_MV) July 13, 2021