ދިރާގާއި ސެމްސަންގ ގުޅިގެން ސިއްހީ ދާއިރާއަށް 60 ޓެބު ހަދިޔާކޮށްފި

ދިރާގާއި ސެމްސަންގެ ގުޅިގެން ހެލްތު މިނިސްޓްރީ އާއި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް 60 ގެލެކްސީ ޓެބު ހަދިޔާކޮށްފި އެވެ.

މިއީ ކޯވިޑް-19އާ ގުޅިގެން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމަށް އެހީވުމުގެ ގޮތުން އެ ކުންފުނިން ސަރުކާރަށް ހަދިޔާކުރި ޓެބުތަކެއް ކަމަށާއި ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގައި ވެސް ޓެބުތައް އެހީއަކަށް ވާނެ ކަމަށް ދިރާގުން ބުނެ އެވެ.

އިޝްތިހާރު Below Header ad

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ދިރާގާއި ސެމްސަންގް ގުޅިގެން ވަމުން އަންނަ އެހީއަށް ޝުކުރު އަދާކުރައްވާފަ އެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ އުއްމީދުކުރަނީ މި އެހީގެ ސަބަބުން ޕެންޑެމިކް މެނޭޖުކުރުމަށް ޑިޖިޓަލައިޒް ކުރުމުގައި ސަރުކާރުން ކުރާ މަސައްކަތުގައި އެހީއަކަށް ވާނެ ކަމަށް ކަމަށެވެ.

“ހެލްތު މިނިސްޓަރަށާއި ސިއްހީ ދާއިރާގެ ހުރިހާ އޮތޯރޮޓީތަކާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ އެންމެންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.” އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

ރާއްޖޭން ކޮވިޑް-19 ފެނުނު ފަހުން ދިރާގުން ވަނީ އެކި ގޮތްގޮތުން ސަރުކާރަށާއި އަމިއްލަ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ކުރިއަށް އޮތްތާނގައިވެސް މިފަދަ އެހީތައް ފޯރުކޮށްދޭނެ ކަމަށް ދިރާގުން ބުންޏެވެ.

ޓެބްތައް ހަދިޔާ ކުރުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ރަޝީދު އަދި ސެމްސަންގް ލަންކާގެ މެނޭޖިންގ ޑިރެކްޓަރު ކެވިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.