ރާއްޖެއިން އިތުރު 91 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ރާއްޖެއިން އިތުރު 91 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވެފައިވަނީ މާލެއިން 23 މީހުންނާއި އަތޮޅުތަކުން 61 މީހުންނާއި ރިސޯޓުތަކުން 7 މީހުން ކަމަށެވެ.
ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން ފެށިފަހުން މިއަދަކީ ރެކޯޑު އަދަދަކަށް ސާމްޕަލް ނަގާފައިވާ ދުވަހެކެެވެ. އެގޮތުން 7،999 ސާމްޕަލް ވަނީ ނަގާފަ އެވެ.
ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން 15 މީހުންނަށް ފަރުވާ ދޭ އިރު، ރާއްޖެއިން ނިޔާވެފައިވަނީ 214 މީހުން ނެވެ.
މި ބަލީގައި 75،162 މީހުން ޕޮޒިޓިވް ވެފައިވާ އިރު، 72،439 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެކްޓިވް ކޭސްގެ ޢަދަދަކީ 2.497 އެވެ.
✳️ COVID-19 : Case Updates pic.twitter.com/K65RKTn6CW
— Health Protection Agency (@HPA_MV) July 12, 2021