ބީއެމްއެލްގެ އަހަރީ ޢާންމު ޖަލްސާ ޖުލައި 15 ގައި ބާއްވަން ތާވަލުކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މި ޖުލައި މަހުގެ 15 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފި އެވެ.

އެ ބޭންކުން މިހާރުވަނީ 38 ވަނަ އަހަރީ ޢާންމު ޖަލްސާއަށް ދަޢުވަތު އަރުވާ ނޯޓިސް ފޮނުވާފަ އެވެ.

އިޝްތިހާރު Below Header ad

ބީއެމްއެލް އިން ފޮނުވި ނޯޓިސްގައި ވަނީ އަހަރީ އާންމު ޖަލްސާ އޮންނާނީ ޖުލައި 15 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ އޮންލައިން މީޓިންގ މެނޭޖްމެންޓް ސިސްޓަމް، “ފަހިވޯޓް” މެދުވެރިކޮށް ކަމަށް ވަނީ ބުނެފަ އެވެ.

މި ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ހިއްސާދާރުން އަދި ޕްރޮކްސީ ހޯލްޑަރުން ޕްރީ-ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދުގެ (13 ޖުލައި) ދުވަހުގެ 10:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހަމަޖެހިފައިވަނީ އެ މުއްދަތުގެ ނިޔަލަށް ޕްރީ-ރެޖިސްޓަރޭޝަން ފުރިހަމަކުރާ ފަރާތްތަކަށް އެކަންޏެވެ. އަދި ޖަލްސާއަށް ޕްރީ-ރަޖިސްޓަރީ ކުރަން ބޭނުންވާ ހިއްސާދާރުން އެމްއެސްޑީގެ އޮންލައިން ސިސްޓަމް “އިންފިނިޓީ” /mv.infinity://https މެދުވެރިކޮށް ނުވަތަ ފޯމް ހުށަހަޅައިގެން ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެވޭނެ އެވެ.

އަހަރީ އާންމު ޖަލްސާއަށް ޕްރީ-ރަޖިސްޓަރީކުރުމަށް އެދޭ ފޯމް ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބެން ހުރި އިރު، ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ މައުލޫމާތުތައް ފުރިހަމަކުރުމަށް ފަހު [email protected] އަށް އީމެއިލް ކުރުމަށް ބީއެމްއެލް އިން އެދެއެވެ.

ޖަލްސާގައި ބައިވެރިވެވޭނީ ޖުލައި ހަވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހިއްސާދާރުންނަށް އެކަނި ކަމަށާއި ބަދަލުގައި ޖަލްސާއަށް ހާޒިރުވެ ވޯޓު ދިނުމަށް އެހެން ފަރާތެއް ފޮނުވާނަމަ އެކަމަށް ބޭނުންވާ ޕްރޮކްސީ ފޯމު ފުރުމަށް ފަހު، 48 ގަޑިއިރުގެ ކުރިން އީމެއިލް އިން އެންގުމަށް ވެސް ބީއެމްއެލް އިން އެދިފައި ވެއެވެ.

މީގެ އިތުރުން ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި، ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކުން ޖަލްސާއަށް މީހަކު ފޮނުވާނަމަ އެ ފޮނުވާ ފަރާތަކީ ޖަލްސާއަށް އެމީހަކު ހާޒިރުވާ ކުންފުނި ތަމްސީލުކުރުމަށް އެކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ގަރާރަކުން ހުއްދަދީފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާ ބަހަން ހުށައެޅުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.