ވެނެޒުއޭލާގައި ފުލުހުންނާއި ގޭންގަކާއި ދެމެދު ބަދަލު ކުރި ހަމަލާތަކެއްގައި ގިނަ ބަޔަކު މަރުވެއްޖެ

ވެނެޒުއޭލާގައި ސަލަމާތީ ބާރުތަކާއި ގޭންގަކާއި ދެމެދު ބަދަލު ކުރި ހަމަލާތަކެއްގައި 26 މީހުން މަރުވެއްޖެ އެވެ.

އެ ގައުމުގެ ސަރުކާރުން މިއަދު ބުނީ މި ހަމަލާތަކުގައި މަރުވެފައިވާ 22 މީހުންނަކީ އެ ގޭންގަށް ނިސްބަތްވާ މީހުން ކަމަށެވެ. އަނެއް ހަތަރު މީހުންނަކީ ފުލުހުންނެވެ.

އިޝްތިހާރު Below Header ad

ވެނެޒުއޭލާ ސަރުކާރުން ބުނީ އެހާ ގިނަ މީހުން މަރުވާން ޖެހުނީ ފުލުހުން ހަމަލާ ދޭން ފެށުމުން ގޭންގުން ފިލަން ދުއްވައިގަތުމުން ހުއްޓުމެއް ނެތި ބަޑިޖަހަން ފެށުމުން ކަމަށެވެ.

ދެ ފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރަން ފެށުނީ އެ ގޭންގުން އެ ގައުމުގެ ވެރިރަށުގައި ހިފައިގެން އުޅޭ ސަރަހައްދު އިތުރު ކުރަމުންދާ ކަމުގެ މައުލޫމާތާއި ގުޅިގެންނެވެ. ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަހައްދަށް ރޮކެޓު ހަމަލާތަކާއި ސަބްމެޝިން ބަޑި ބޭނުން ކޮށްގެން ހަމަލާތައް ދީފަ އެވެ.

ވެނެޒުއޭލާ ސަރުކާރުން އެ ގޭންގުގެ ނުރައްކާ ބޮޑުވެގެން އެ މީހުންގެ ލީޑަރުން ހޯދުމުގެ މަސައްކަތްވެސް ވަނީ ފަށާފައި އެވެ. އެގޮތުން އެ ލީޑަރުންނާއި ގުޅޭ މައުލޫމާތު ސަރުކާރާއި ހިއްސާ ކުރާ ފަރާތަކަށް ފަސް ލައްކަ އެމެރިކާ ޑޮލަރު ދޭނެ ކަން އިއުލާނުކޮށްފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.