އިތުރު ސިޔާސީ ޕާޓީއެއް އުފައްދާ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ޢަބްދުﷲ ރިޔާޒު ޖޭޕީ އާ ދުރަށް!

އިތުރު ސިޔާސީ ޕާޓީއެއް އުފައްދާ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ޢަބްދުﷲ ރިޔާޒު ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ދުރަށް ޖެހިވަޑައިގެންފި އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުގެ މަގާމު ވެސް އަދާ ކުރެއްވި ޢަބްދުﷲ ރިޔާޒު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޖޭޕީން ވަކިވެވަޑައިގަންނަވަނީ ސިޔާސީ ޕާޓީއެއް އުފައްދައިގެން ދިވެހި ގައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ނިންމާފައިވާތީ ކަމަށެވެ.

އިޝްތިހާރު Below Header ad

އެހެންވެ، މިއަދުން ފެށިގެން އެ ޕާޓީގެ މެމްބަރުކަމުން ވަކިވާ ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޢަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.

“މި ފުރުސަތުގައި މަނިކުފާނާއި ޖުމްހޫރީ ޕާޓީގެ އެންމެހައި މެމްބަރުންގެ ފަރާތުން އަޅުގަނޑަށް ވެވަޑައިގެންނެވި އެންމެހައި އެހީތެރިކަމާއި އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ،” އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ޖޭޕީން ވަކިވެވަޑައިގަންނަވާފައި މިވަނީ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާރނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައި ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭކަން ހާމަކުރައްވާ، 3،000 ސޮއި ހޯއްދަވާފައިވަނިކޮށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.