އޮސްޓްރޭލިއާއިން ކޮވިޑް ޖެހިގެން މިއަހަރު އަލަށް މީހަކު މަރުވެއްޖެ

އޮސްޓްރޭލިއާއިން މިއަހަރު ކޮވިޑު ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ.

އޮސްޓްރޭލިއާ ސަރުކާރުން ބުނީ ކޮވިޑު ޖެހިގެން އިއްޔެ މަރުވެފައިވަނީ އުމުރުން90 އަހަރުގެ އަންހެނެއް ކަމަށެވެ. އެމީހާއަށް ބަލި ޖެހިފައިވަނީ އާއިލާގެ މެމްބަރެއްގެ ފަރާތުން ކަމަށް ބުނެފައިވެ އެވެ.

އިޝްތިހާރު Below Header ad

މިއީ އޮސްޓްރޭލިއާއިން ކޮވިޑުގައި މަރުވި75 ވަނަ މީހާ އެވެ. އަދި މިދިޔަ10 މަސް ތެރޭގައި އެ ގައުމުން ކޮވިޑު ޖެހިގެން މަރުވި ފުރަތަމަ މީހާ އެވެ.

ވަރަށް ބޮޑަށް ބަލި ކޮންޓްރޯލް ކޮށްގެން ރަނގަޅު ފިޔަވަޅުތަކަކާއި އެކު އުޅެމުންދާ އޮސްޓްރޭލިއާއަށް މިހާރު ވަނީ ޑެލްޓާ ވޭރިއަންޓުގެ ނުރައްކާ ބޮޑުވެފައި އެވެ. އަދި ކޮވިސް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި އެވެ.

އެހެންވެ ވެރިރަށް ސިޑްނީ އޮތީ އެއްކޮށް ލޮކްޑައުންކޮށްފައި އެވެ.

އޮސްޓްރޭލިއާގައި ޑެލްޓާ ވޭރިއަންޓު ފެތުރެމުންދާއިރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ގައުމުގައި ކޮވިޑު ވެކްސިން ފުރިހަމަ ކޮށްފައިވަނީ އަދި10 އަށްވުރެ މަދު ޕަސެންޓު މީހުންނެވެ. ވެކްސިން ޕްރޮގްރާމަށް އެގައުމުގައި ދިމާވެފައިވާ ދަތިކަކަމީ ފައިޒާ ވެކްސިންގެ ޝިޕްމެންޓުތައް ލިބުން ލަސްވުމެވެ.

އެގައުމު ސަރުކާރުން ލަފާ ކުރާގޮތުގައި ފައިޒާ ވެކްސިން ލިބެން ފަށާނީ މިއަހަޜު ފަހުކޮޅު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.