ކޮބާ އެންމެން ތައްޔާރުތަ؟ ފަތިސް ހަނދުވަރުގެ ނޭނގި ހުރި ގިނަ ކަންކަން މިރޭ 10 ޖަހާއިރު ފަޅާ އަރަނީ!

ރާއްޖޭގެ ފިލްމީ ހަޔާތުގައި މިހައިތަނަށް އުފެއްދި އެންމެ މޮޅު އެއްފިލްމު ކަމަށްވާ “ފަތިސް ހަނދުވަރު” ގެ ނޭނގިހުރި އެތައް ވާހަކަތަކެއް މިރޭ އަޑުއަހައި، އެކަންކަމާއިމެދު އުފެދޭ ސުވާލު ކޮށްލުމުގެ ފުރުސަތު “މުނިއަވަސް” އޮންލައިން އިން މިރޭ 10 ޖަހާ އިރ ހުޅުވާލާނެ އެވެ.

ފަތިސް ހަނދުވަރަކީ މީގެ 23 އަހަރު ކުރިން ރާއްޖޭގެ ފިލްމީ މަަސައްކަތަަށް، މިހާރާއަޅާ ބަލާއިރު، ބޮޑު އިންގިލާބެއް ގެނައި ފިލްމެކެވެ.

އިޝްތިހާރު Below Header ad

ރާއްޖޭގެ ފިލްމީ ޚަބަރުތައް އެންމެ ތާޒާކަމާއެކު ގެނެސްދޭ އޮންލައިން “މުނިއަވަސް” ގެ ފަރާތުން، މި ފިލްމުގެ ޢާންމުންނަށް ނޭނގި ހުރި ގިނަ ވާހަކަތަކެއް ގެނެސްދޭ ޝޯވ އޮންނާނީ މިރޭ 22:00 ގައި ކްލަބް ހައުސް މަންސާ (ޕްލެޓްފޯމް) ގަ އެވެ.

”މުނިއަވަސް ނިއުޒް އަވަރ – ފަތިސްހަނދުވަރު ސްޕެޝަލް“ގެ ނަމުގައި ގެނެސްދޭ މި ޝޯވގައި ފިލްމުގެ ލީޑް ކުޅެފައިވާ މޫސާ މަނިކު (ރީކޯ މޫސަ)، ނިޢުމާ މުޙައްމަދު ބައިވެރިވާނެ އެވެ. އަދި ފިލްމުގެ ވާހަކަ ލިޔުންތެރިޔާ އިބްރާހީމް ވަހީދު (ބިންމާ)، ފިލްމުގެ ޕްރޮޑިއުސަރ އަސްލަމް ރަޝީދު އަދި ފިލްމުގެ ޑައިރެކްޓަރ ޢީޝާ ޝަރީފް ވެސް މި ޝޯވ ގައި ބައިވެރިވާނެ އެވެ.

ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ އެކްޓަރ، ޑައިރެކްޓަރ ޢީސާ ޝަރީފު ވިދާޅުވީ ފަތިސް ހަނދުވަރު ފިލްމަކީ އޭރުވެސް މިހާރުވެސް ގިނަ ބައެއްގެ މަގުބޫލު ފިލްމަކަށް ހެދުނީ ގިނަ ބައެއްގެ މިންނެތް، ބުރަ މަސައްކަތުން ކަމަށެވެ.

“އަޅުގަނޑު ބޭނުންވަނީ މިވާހަކަ މިރޭ ދައްކަން. ކުރުގޮތަކަށް ބުނަންޏާ ބުނާނީ އެ ފިލްމު (ފަތިސް ހަނދުވަރު) ހިޓްވީ އޭގައި ޝާމިލުވާ އެންމެންގެ މަސައްކަތުންނޭ. އަދި މިހާރާއި އޭރާ ފިލްމެއް ހަދަން އުޅެންޖެހޭ ގޮތް ވެސް ހާސްބައި ތަފާތޭ.” ޢީސަ ވިދާޅުވި އެވެ.

އެހެންވެ، ދެން އިތުރު ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ތާއެވެ. ހުރިހާ ބޭފުޅުން ވެސް ”މުނިއަވަސް ނިއުޒް އަވަރ – ފަތިސްހަނދުވަރު ސްޕެޝަލް” އަށް މިރޭ 22:00 އަށް ޓިއުންކޮށްލައްވާށެވެ.

އެނގޭހާވެސް ކަމަކީ ތަފާތު ތަޖުރިބާތަކެއްގެ ވާހަކަ މިރޭ އަޑު އިވޭނެ ކަމަށެވެ. އަދި އެ ތަޖުރިބާއިން ރާއްޖޭގެ ފިލްމީ ހަޔާތް އިތުރަށް ބައްޓަންކޮށް، އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަށް މުހިންމު ނުކުތާ ތަކެއް ލިބޭނެ ކަމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.