އަހަންނަަށް ވެސް ހިޔާ ފްލެޓް ލިބިއްޖެޔޯ ބުނެ ގުޅައިފި، އެކަމަކު އެއީ ފޭކް ކޯލެއް. ސަމާލުވޭ!

އެކިއެކި ކަންކަމާއިގުޅިގެން ފޯނު ކޯލުތައް އަންނަވާހަކައަކީ ރާއްޖޭގައި އަބަދު ވެސް އިވޭ އަޑެކެވެ.

ޚާއްސަކޮށް، ބޮޑެތި އިނާމުތަކާއި އަގުބޮޑު އެޕާޓްމެންޓުތަކުގެ ނަސީބުވެރިއަކަށް ވެއްޖެކަމަށް ބުނެ އަންނަ ފޯނު ކޯލުތައް ވަރަށް ގިނަ އެވެ. އަދި ހާހުން، މިލިއަނުން ފައިސާ ލިބިއްޖެ ކަމަށް ބުނެ އަންނަ ފޯނު ކޯލުތައް ވެސް މަދެއް ނޫނެވެ.

އިޝްތިހާރު Below Header ad

ރާއްޖޭގެ ރައްޔިތުން ހައްސާސް ވާ ކޮންމެ ވަގުތަކީ މިފަދަ ފޯނު ކޯލުތައް ގިނަވާ ވަގުތުތަކެވެ.

އެގޮތުން ހިޔާ ފްލެޓް ލިބުނު މީހުންނަށް އަދި ނުލިބޭ މީހުންނަށް ވެސް މިދުވަސްވަރު އެފަދަ ފޯނު ކޯލުތަކެއް ދަނީ އަންނަމުން ނެވެ.

މިކަމާއިގުޅިގެން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ގުރުއަތުން ފްލެޓް ލިބިފައިވާ ފަރާތްތަކާއި ފްލެޓް ލިބިިފައި ނުވާ އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް، ލިބިފައިވާ ފްލެޓްގެ ތަފުސީލު ހިއްސާ ކުރުމަށް ނުގުޅާނެ ކަމަށެވެ.

އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ފްލެޓަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށް އަމަލުކުރަމުން އަންނަ އުސޫލަކީ، ފްލެޓް ގުރުއަތު ނެގުން ހަމަޖެހިފައިވާ ތާރީޚު އަދި އެދުވަހެއްގެ ގުރުއަތުގައި ފްލެޓް ކަނޑައެޅޭނެ ފަރާތްތައް ހިމެނޭ ލިސްޓު އާންމުކޮށް އަންގައި އިއުލާނު ކުރުން ކަމަށެވެ. އަދި އޭގެ ފަހުން ޓީވީގެ ޒަރިއްޔާއިން ގެނެސްދެވޭ ލައިވް ޕްރޮގްރާމެއް މެދުވެރިކޮށް ގުރުއަތު ނެގުން ކުރިއަށް ގެންދިއުން ކަމަށެވެ.

އެޗްޑީސީން ބުނީ އެ މަޝްރޫއާ ގުޅޭ އެއްވެސް މައުލޫމާތެއް އެޗްޑީސީން އާންމުންނާ ހިއްސާ ކުރާނީ އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖްތަކާއި އާންމު އިއުލާނުން ކަމަށެވެ. އަދި އެޗްޑީސީން އެއްވެސް ފަރާތަކަށް ގުޅާ ނަމަ ގުޅާނީ އެތަނުގެ ރަސްމީ ނަންބަރުތަކުން ކަމަށެވެ.

އެހެންކަމުން ވިސްނަންވީ އެފަދަ ފޯނު ކޯލެއް އަތުވެއްޖެނަމަ، ވީހާވެސް އަވަހަކަށް ކަމާއިގުޅުން ހުރި އިދާރާތަކަށް އެންގުމެވެ. އެފަދަ ފޯނު ކޯލުތަކަށް އަމިއްލަ މީހާއާއި އެހެން ފަރާތްތައް ވެސް އަހުލުވެރި ކުރުވުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.