އަފްގާނިސްތާނުގެ 85 ޕަސެންޓު ތޯލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފި

އަފްގާނިސްތާނުގެ ބިންތަކުގެ 85 ޕަސެންޓު ކޮންޓްރޯލް ކުރަމުން ދަނީ ތޯލިބާނުން ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

އަފްގާންގައި ހަަރަކާތްތެރިވަމުންދާ އެމެރިކާ، އިނގިރޭސިވިލާތް އަދި ނޭޓޯގެ ސިފައިން 20 އަހަރަށް ފަހު ފައިބަން ފަށާފައިވާއިރު ތޯލިބާނުން ދަނީ މުޅި ގައުމު އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

އިޝްތިހާރު Below Header ad

ތޯލިބާނުން ބުނެފައިވަނީ އެމީހުން އަފްގާން ސިފައިންނާއި ހަނގުރާމަ ކުރާނެ ކަމަށާއި އެމީހުންގެ ބާރުގެ ދަށަށް މުޅި ގައުމު ގެންނާނެ ކަމަށެވެ. މިވާހަކަތަކާއި ގުޅިގެން އަފްގާން ސަރުކާރުން ބުނެފައިވަނީ އެއީ އެއްވެސް އަސްލެއްނެތް ދޮގު ވާހަކަތަކެއް ކަމަށާއި ތޯލިބާނުން ދަނީ ޕްރޮޕެގެންޑާ ފަތުރަމުން ކަމަށެވެ.

އަފްގާނިސްތާނު ސަރުކާރުން އެހެން ބުންޏަސް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ތޯލިބާނުން ދަނީ ބޮޑެތި ޕްރޮވިންސްތަކާއި އެހެން ގައުމުތަކާއި ބޯޑަރު ހިމެނޭ ބައެއް ޕްރޮވިންސްތަކުގެ ކޮންްޓްރޯލް ނަގަމުންނެވެ. އަދި އެކަން ސާބިތުވަމުން ދަނީ ތޯލިބާނުންނާއި ހަނގުރާމަ ކުރުމަށް ފޮނުވާ އެ ގައުމުގެ ސިފައިން ބިރުން ފިލާތީ އެވެ.

އަފްގާން އަސްކަރިއްޔާގައި ހިމެނޭ ހާހަކަށްވުރެ ގިނަ ސިފައިން ވަނީ މިދިޔަ ހަފްތާގައިވެސް ތޯލިބާނުންގެ ހަމަލާތަކުން ސަލާމަތްވާން އަވައްޓެރި ގައުމުތަކުގެ ބޯޑު ހުރަސްކޮށް އެ ގައުމުތަކަށް އެތެރެވެފައި އެވެ.

ތާލިބާން ހަނގުރާމަވެރިންގެ ހަރަކާތްތައް ވަރުގަދަކޮށް ފުޅާކޮށް، އަފްޣާނިސްތާނުގެ ރަށްތައް ހިފަންފެށީ އެމެރިކާ ސިފައިން ފައިބަން ނިންމި ހިސާބުންނެވެ.

ތާލިބާނުން މިހާރު އަމާޒު ހިފާފައިހުރީ އަފްޣާނިސްތާނުގެ ވެރިކަމަށް އަތްގަދަ ކުރުމަށެވެ. މިކަމާއި ގުޅިގެން އެ ގައުމުގެ ރައްޔިތުންގެ މެދުގައި ވަނީ ކަންބޮޑުވުން އިތުރުވެފައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.