އިތުރު ސިޔާސީޕާޓީއެއް، މިފަހަރު އިސްކޮށް ހުންނެވީ ކާނަލް ނާޒިމް!

ރާއްޖޭގައި އިތުރު ސިޔާސީ ޕާޓީއެެއް އުފެއްދުމުގެ މަސައްކަތް ފަށާ، އެކަމަށް ބޭނުންވާ 3،000 މީހުންގެ ސޮއި ހަމަކޮށްފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޕާޓީ އުފައްދަނީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓެއަރޑް މުޙަމްަދު ނާޒިމް އިސްކޮށް ހުންނަވައިގެން ނެެވެ. އަދި ޕާޓީ ހެދުމަށް އެންމެބޮޑަށް އެހީތެރިވެދެއްވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އެވެ.

އިޝްތިހާރު Below Header ad

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރުކަން ވެސް މިޙާރު ކުރައްވާ ނާޒިމް އުފައްދަވަން އުޅޭ މި ޕާޓީއަށް ނާޒިމާއި ރިޔާޒުގެ އިތުރުން މަޖިލީހުގެ ތިން މެންބަރަކު ސޮއި ކުރައްވަން ނިންމަވާފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މި ޕާޓީއާ ބެހޭ އިތުރު މަޢުލޫމާތު ހާމަކުރާނެ އެވެ.

ނާޒިމާއި ރިޔާޒު މަޖިލީހަށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އިންތިޚާބެވަޑައިގަތުމަށް ފަހު، އަދިވެސް ތިއްބެވީ އެ ޕާޓީގެ މެމްބަރުންގެ ގޮތުގަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން މިހާރު ރާއްޖޭގައި 10 ސިޔާސީ ޕާޓީއެއް ހިންގާއިރު، އެންމެ ފަހުން ރަޖިސްޓަރީ ކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް އެވެ. އެމްއާރުއެމް ރަޖިސްޓަރީ ކުރީ ނޮވެމްބަރު 20، 2019 ގަ އެވެ.

ނާޒިމްގެ ޕާޓީ ވުޖޫދަށް އައިސްފި ނަމަ އެ ޕާޓީ ވާނީ ރާއްޖޭގެ 11 ވަނަ ސިޔާސީ ޕާޓީއަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.