މަޖިލީހުގެ 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓު އަދިނުލިބޭ: މަބްރޫކް

ކުރީގެ ރައީސް އަދިި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ތައްޔާރުކުރި ރިޕޯޓް އަދިނުލިބޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ 241 ކޮމެޓީގެ އިންކްއަރީ ރިޕޯޓު ރަސްމީކޮށް ހިއްސާކޮށްފައި ނުވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އެހެންނަމަވެސް މަޖިލީހުން އާއްމުކޮށްފައިވާ ރިޕޯޓް ކަމާއިގުޅޭ އިދާރާތަކުން ދިރާސާކުރަމުންދާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ތައްޔާރުކުރި އިންކުއަރީ ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ހުކުރުވިލޭރޭ ފަތިހު އެވެ.

މަޖިލީހުން ފާސްކުރި ރިޕޯޓަށް އެއްވެސް އުނި އިތުރުކަމެއް ނުގެސް، ދައުލަތުގެ ތިން ބާރުގެ އެންމެ އިސްވެރިންނާއި ހިއްސާކުރައްވާނެކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ހާމަކޮށްފަ އެވެ.

241 ކޮމިޓީން ތައްޔާރުކުރި އިންކުއަރީ ރިޕޯޓްގައި ރައީސް ނަޝީދަށް ދިން ހަމަލާއާއި އެމަނިކުފާނަށް ދެއްވަމުންދާ ސެކިއުރިޓީގެ ކަންކަން ދިރާސާކޮށްފައިވާ އިރު، އެކަމާއި ގުޅިގެން ދައުލަތުގެ އިދާރާތަކުން އިސްލާހުކުރުމަށް މަޖިލީހަށް ފެންނަ ކަންކަން ވެސް މި ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.