ރައީސް ގެ ރަސްމީ ގެކޮޅު ގޮއްވާލާނެ ކަމަށް ބުނި އެކަކު ދޫކޮށްލައިފި
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގެ ގޮއްވާލާނެ ކަމަށް ބުނި އެކަކު ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ މުލިއާގެ ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.
އޭނާއަކީ ބޮމެއް އޮތް ކަމަށް ބުނި މީހާ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިރިއުޅުއްވާ މުލިއާގެ ދޮށަށް ގޮސް އަޑުގަދަކޮށް އެތަން ގޮއްވާލާނެ ކަމުގެ އިންޒާރު ދީފައިވަނީ ދަބަހަކާއި، ރަތްކުލައިގެ ކޮތަޅެއް ހިފައިގެން ތިބި ދެމީހެކެވެ.
ނަމަވެސް ކޯޓަށް ގެންދަން ނިންމާފައިވަނީ ކޮން އިރަކުން ކަމެއް ނުބުނެ އެވެ.