ކޮވިޑާއި ގުޅިގެން އެނދުމަތިކޮށް ދެވޭ ފަރުވާތަކަށް ދިވެހިން އަދި ބިދޭސީން ފައިސާ ދައްކަން ނުޖެހޭނެ: އައިޖީއެމްއެޗް

ކޮވިޑް އާއި ގުޅިގެން އެނދުމަތިކޮށް ދެވޭ ފަރުވާތަކަށް ދިވެހިން އަދި ބިދޭސީން ފައިސާ ދައްކަން ނުޖެހޭނެ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފި އެވެ.

އެ ހޮސްޕިޓަލުން މިހެން ބުނީ ކޮވިޑް އާއި ގުޅިގެން އެނދުމަތިކުރެވިފައިވާ ބިދޭސީއެއްގެ ބިލަށް އެރި ފައިސާ މާފުކޮށްދީފައިވާކަމަށް މީސް މީޑިއާގައި ދެކެވެމުންދާ ވާހަކައާއި ގުޅިގެން ކޮށްފައިވާ ޓްވީޓެއްގަ އެވެ.

އިޝްތިހާރު Below Header ad

ރާއްޖޭގެ އޮންލައިނެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެ ހާލު ދެރަވުމުގެ ސަބަބުން އައިޖީއެމްއެޗްގައި އެނދުމަތި ކުރެވި 2 މަސްދުވަސް ވަންދެން ފަރުވާ ދެމުން އައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސަހާނާގެ ހޮސްޕިޓަލް ބިލަށް އަރާފައިވާ 284،000 ރުފިޔާ އައިޖީއެމްއްޗް އިން މާފުކޮށްދީފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ވިލިމާލޭގައި ދިރިއުޅޭ 31 އަހަރުގެ ސަހާނާ އަކީ ވިލިމާލޭގެ ގެއްގައި އުމުރުން ދުވަސްވީ މީހަކު ބެލުމަށް، މީގެ އަހަރުތަކެއް ކުރިން ގެނެސްފައިވާ މީހެކެވެ.

އޭނާގެ ފިރިމީހާއާއެކު ރާއްޖޭގައި އުޅެނިކޮށް އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ރޯދަމަސް ނިމި ހަ ރޯދައިގެ ތެރޭގަ އެވެ.

ކޮވިޑްގެ ސަބަބުން އޭނާގެ ހާލު ސީރިއަސްވެ ބަނޑަށް ހަތް މަހުގައި ވަނީ އޭނާގެ ކުޑަ ދަރިފުޅުވެސް ނަގަން ޖެހިފައެވެ. ސަހާނާ އަށް އައިޖީއެމްއެޗްގައި އެނދުމަތިކުރެވި ފަރުވާ ދެމުން އަންނަތާ މިހާރު ދެމަސްދުވަހާއި ގާތް ވެފައިވާއިރު، އޭނާއަށް ދެވުނު ފަރުވާއަށް 194،000 ރުފިޔާ އަރާފައިވާއިރު، އޭނާގެ ކުޑަ ދަރިފުޅަށްވެސް އައިސީޔޫގައި ފަރުވާ ދިން ބިލަށް 90،000 ރުފިޔާ އަރާފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.