ޔޫރޯގެ ފައިނަލެއްގައި ނެދަރލޭންޑުގެ ތަމްސީލުކުރާ ފުރަތަމަ ރެފްރީއަކަށް ބިޔޯން ކައިޕަރސް!

މިހާރު ކުރިއަށްދާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅުމަށް ނިންމާފައިވާ އިރު، އެ މެޗުގައި ރެފްރީކަން ކުރާނެ ފަރާތް އިޢުލާން ކޮށްފި އެވެ.

އެގޮތުން ޔޫރޯގެ ފައިނަލް މެޗުގައި އިންސާފު ކުރުމަށް ނިންމާފައިވަނީ ނެދަރލޭންޑުގެ ބިޔޯން ކައިޕަރސް އެވެ. ޢުމުރުން 48 އަހަރުގެ ބިޔޯން އަކީ މިހައިތަނަށް މި ޝަރަފް ލިބުނު ނެދަރލޭންޑްސް ގެ ފުރަތަމަ ފަރާތެވެ.

އިޝްތިހާރު Below Header ad

ނެދަރލޭންޑްސްގެ އެންމެދަށް ލީގުތަކުގައި ރެފްރީކަން ކުރަން ފެށި، ކައިޕަރސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރެފްރީކަން ކުރަން ފަށާފައިވަނީ 2006 ވަނަ އަހަރު އެވެ.

މިއީ އޭނާ ޔޫއެފާގެ މިފަދަ ބޮޑު މުބާރާތެއްގައި ރެފްރީކަން ކުރާނެ ހަތް ވަނަ ފަހަރެވެ.

Referee 1

މީގެކުރިން އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަކާއި ޔުއެފާ ޔުރޮޕާ ލީގުގެ ދެ ފައިނަލަކަށް އިންސާފުކޮށްފައެވެ. އަދި 2012 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ޔޫރޯގެ އިތުރުން އެންމެފަހުން ކުޅުނު ދެ ވޯލްޑް ކަޕްގައި ވެސް އޭނާ އަކީ ރެފްރީންގެ ޓީމުގެ މެމްބަރެކެވެ.

ޔޫރޯ 2020ގެ ފައިނަލް މެޗުގެ ރެފްރީންގެ ޓީމުގައި ދެން ހިމެނެނީ އެސިސްޓެންޓް ރެފްރީ ނެދަލޭންޑްސްގެ ސެންޑަރ ވެން ރޮކެލް އަދި އަރވިން ޒެއިންސްޓްރާ އެވެ. އަދި ހަތަރުވަނަ ރެފްރީގެ ގޮތުގައި ސްޕެއިން ކާލޯސް ޑެލް ސެރޯ ގްރާންޑޭ އެވެ. ވީއޭއާރު ޓީމުގައި ހިމެނެނީ ޖަރުމަނުގެ ތިން ރެފްރީންނާއި ނެދަލޭންޑްސްގެ ރެފްރީއެކެވެ.

Referee 2

މިއަހަރުގެ ޔޫރޯގައި ބިޔޯން ކައިޕަރސް ވަނީ މިހާތަނަށް ތިން މެޗެއް އިންސާފުކޮށްފަ އެވެ. އެއީ ގްރޫޕް ސްޓޭޖުގައި ޑެންމާކާއި ބެލްޖިއަމް ކުޅުނު މެޗާއި ސްޕެއިން އަދި ސްލޮވާކިއާ ކުޅުނު މެޗާއި ކުއާޓަރ ފައިނަލްގައި ޗެކް ރިޕަބްލިކާއި ޑެންމާކް ބައްދަލުކުރި މެޗެވެ.

ކައިޕަރސް އަކީ މި ޔޫރޯގައި އިންސާފުކުރާ ރެފްރީންގެ ތެރެއިން އެންމެ އުމުރުން ދުވަސްވީ ރެފްރީ އެވެ. އެހެންކަމުން މިއީ އޭނާ ބައިނަލްއަގްވާމީ މެޗެއްގައި އިންސާފުކުރާ އެންމެ ފަހު ފަހަރު ކަމަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އޭނާ ވަނީ މީގެކުރިން އިޓަލީ އާ އިންގްލޭންޑް ބައްދަލުކުރި މެޗެއްގައި ވެސް ރެފްރީކަން ކޮށްފަ އެވެ. އެގޮތުން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވަރލްޑް ކަޕްގައި އިޓަލީން 2-1 އިން އިންގްލޭންޑް ބަލިކުރި މެޗުގައި އިންސާފުކުރީ ކައިޕަރސްއެވެ.

އޭނާގެ މި ކާމިޔާބީ އާއެކު، އޭނާ ފާހަގަކުރެވިފައިވަނީ ދުނިޔޭގެ އެންމެ މުއްސަނދި ރެފްރީގެ ވެސް ގޮތުގަ އެވެ. އެގޮތުން ބިޔޯންގެ މިލްކިއްޔާތުގައި 11.5 މިލިއަން ޕައުންޑް ހުރިކަމަށް ޑެއިލީ މެއިލް އިން ދައްކަ އެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ޑިގްރީއެއް ހާސިލުކޮށްފައިވާ ބިޔޯން އަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. އަދި އޭނާއަކީ ނެދަލޭންޑްސްގެ ކާމިޔާބު ސުޕަރމާކެޓް ޗެއިނެއް ކަމަށްވާ ޖަމްބޯ ކައިޕަރސްގެ ކޯފައުންޑަރ ވެސް މެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.