މީޒާނަށް “ހަންގާމާ 2” ކުޅެން ލިބުނީ އިތުރު މީހަކު ނުވުމުން!

ބޮލީވުޑްގައި ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ ފިލްމު “ހަންގާމާ 2” ކުޅެން މީޒާން ޖެފްރީއަށް ލިބުނީ ތިން އެކްޓަރަކު އެ ފިލްމު ކުޅެން އެއްބަސް ނުވުމުން ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

“ހަންގާމާ 2” ގެ ޑައިރެކްޓަރަކީ ހިންދީ އަދި ސައުތް އިންޑިއާގެ މަޝްހޫރު ފިލްމުތަކެއް ޑައިރެކްޓު ކޮށްފައިވާ ޕްރިޔަދަރްޝަން އެވެ. ފިލްމުގެ މަސައްކަތް ނިންމައި އޮންލައިންކޮށް ރިލީޒް ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

އިޝްތިހާރު Below Header ad

ފިލްމު ޕްރޮމޯޝަންގެ މަސައްކަތްކުގެ ތެރެއިން ޕްރިޔަދަރްޝަން ބުނީ އެ ފިލްމު ކުޅެން މީޒާންއަށް ހުށަހެޅީ މަޝްހޫރު ތިން ފިރިހެން ތަރިއަކު ފިލްމު ކުޅެން އެއްބަސް ނުވުމުން ކަމަށެވެ. އޭނާ އެ ފިލްމު ހުށަހެޅި ތަރިންނަކީ ސިދާތް މަލޯތްރާ އާއި ކާރްތިކް އާރްޔަން އަދި އަޔޫޝްމަން ކުރާނާ އެވެ.

ޕްރިޔަދަރްޝަން ބުނީ ފިލްމުގެ ވާހަކަ ކިޔާލުމަށް ފަހު އެ ތިން މީހުންވެސް ބުނީ ނޫނެކޭ ކަމަށެވެ. އެމީހުން އޭނާގެ ފިލްމެއް ކުޅެން ދެކޮޅު ހެދި ސަބަބު ސީދާ ބުނެފައި ނުވާ ކަމަށް މަޝްހޫރު ޑައިރެކްޓަރު ބުނެފައިވެ އެވެ.

އަދި ބުނީ އެގޮތަށް ހެދުމުން ގަބޫލު ކުރަނީ އޭނާ އަކީ މާ ދުވަސްވީ އައުޓް ޑޭޓް ޑައިރެކްޓަރެއް ކަމަށް އެމީހުން ގަބ

ުލް ކުރާތީ އޭނާގެ ފިލްމު ކުޅެން ދެކޮޅު ހެދީ ކަމަށެވެ. އެ ފިލްމު ކުޅެން ދެކޮޅު ހެދުމުން ގިނަ ބަޔަކު ދަނީ އެ ތިން މީހުންނަށް މިހާރު ފާޑުކިޔަމުންނެވެ.

އެގޮތުން އެ ފިލްމަކީ ކުރީގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ ބޮޑު ސްކްރީނަށް އެނބުރި އަންނަ ބޮޑު ފިލްމަކަށް ވާއިރު އެމީހުން ފިލްމު ކުޅެން އެއްބަސް ނުވުމަކީ އެމީހުންގެ ގަދަރު މީހުން ކުރިމަތީގަ ވެއްޓޭނެ ކަމެއް ކަމަށް ބުންޏެވެ.

ޕްރިޔަދަރްޝަން އަލުން ފިލްމު ޑައިރެކްޓު ކުރަން ފަށާފައި މިވަނީ ފަސް އަހަރުގެ މެދު ކެނޑުމަކަށް ފަހު އެވެ.

ފިލްމް “ހަންގާމާ 2” ގައި މީޒާން އަދި ޝިލްޕާގެ އިތުރުން ފެނިގެން ދާނީ 2003 ވަނަ އަހަރު ރިލީޒް ކުރި “ހަންގާމާ” އިން ފެނިގެން ދިޔަ ޕަރޭޝް ރަވަލް އެވެ.

މީޒާން އަކީ ބޮލީވުޑް ފިލްމް ތަކުގައި ކޮމިޑީ ރޯލްތަކުން ފެންނަ މަޝްހޫރު ޖާވިދް ޖެފްރީގެ ދަރިއެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.