އަނެއްކާވެސް މަތިންދާބޯޓެއް ވެއްޓިއްޖެ، ސްވެޑެންގައި ހިނގި ހާދިސާގައި ނުވަ މީހުން މަރުވި

ސްވެޑެންގައި ސްކައި ޑައިވަރުންތަކެއް ގޮވައިގެން ދަތުރު ކުރި މަތިންދާ ބޯޓެއް ވެއްޓި ދަތުރު ކުރި އެންމެން މަރުވެއްޖެ އެވެ.

ހާދިސާ ހިނގީ ސްވެޑެންގެ ވެރިރަށް ސްޓޮކްހޯލްމްގެ އޮރެބްރޯ އެއާޕޯޓު ގައި އެވެ. ބޯޓު ވެއްޓުނީ ނައްޓާލައިގެން ރަންވޭ އާއި 160 ކިލޯމީޓަރު ދުރަށް ދިޔަ ފަހުންނެވެ.

އިޝްތިހާރު Below Header ad

ކުޑަ އެ މަތިންދާ ބޯޓަކީ ހޫނު މޫސުމުގައި ސްކައި ޑައިވަރުން ކުރިޔަށް ގެންދާ ހަރަކާތަކަށް ކުއްޔަށް ހިފާފައި އޮތް ބޯޓެކެވެ. ހާދިސާ ހިނގި އިރު ބޯޓުގައި ތިބީ އަށް ސްކައި ޑައިވަރުންނާއި ޕައިލެޓެކެވެ.

ސްވެޑެން ފުލުހުން ބުނީ މިފަދަ ހާދިސާތައް ހިނގުމަކީ ވަރަށް ނުވާ ކަމެއް ކަމަށެވެ. މަތިންދާ ބޯޓު ވެއްޓެން ޖެހުނު ސަބަބު ހޯދަން ތަހުގީގުތައް ވަނީ ފަށާފަ އެވެ.

މިފަދަ ހާދިސާއެއް އެ ގައުމުގައި 2019 ވަނަ އަހަރުވެސް ހިނގާފައިވެ އެވެ. އެ ފަހަރު ކުޑަ މަތިންދާ ބޯޓެއްގައި ދަތުރު ކޮށްފައިވަނީ ވައިކުޑައިގަ ފުއްމާ ބަޔަކު ގޮވައިގެންނެވެ.

އެ ބޯޓުވެސް ރަންވޭއިން ނައްޓާލިތާ މާގިނަ އިރެއް ނުވެ ވެއްޓި އޭގައި ދަތުރު ކުރި ނުވަ މީހުން މަރުވެފައިވެ އެވެ. އެ ހާދިސާ ތަހުގީގު ކުރުމުން އެނގުނު ގޮތުގައި ބޯޓު ވެއްޓިފައިވަނީ ރަންވޭއިން ނައްޓާލުމުގައި މަތިންދާ ބޯޓުގައި އަމަލު ކުރަން ޖެހޭ ގޮތާއި ހިލާފަށް ލޯޑު ކުރެވިފައިވާތީ އެވެ.

ސްވެޑެންގައި އިއްޔެ މަތިންދާ ބޯޓެއް ވެއްޓިފައިވާއިރު މިއީ މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެއްޓުނު ތިން ވަނަ މަތިން ދާބޯޓެވެ. ފިލިޕިންސްގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި 50 އަށްވުރެ ގިނަ މީހުން މަރުވިއިރު ރަޝިއާގައިވެސް މަތިންދާ ބޯޓެއް ވެއްޓި ދަތުރު ކުރި އެންމެން ވަނީ މަރުވެފައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.