މާތް الله ތަޢާލާގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ހައްޖު މަސް: ޚުތުބާ

މާތް الله ތައާލާގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ހައްޖު މަސް ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ, الله ތަޢާލާގެ ހަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ ހަތަރު މައްސަރު ކަމަށެވެ.

އިޝްތިހާރު Below Header ad

“އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ހައްޖު މަސް. ހައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސް. އެ ދިހަ ދުވަހަކީ މާތް الله މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތައް.” ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ, އެ ދުވަސްތަކުގައި ކުރެވެން އޮތް ސާލިހު އަމަލުތަކުގެ ތެރޭގައި ރޯފަ ހިފުން ހިމެނޭ ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ. އަދި ހަގީގީ މުސްލިމުންނަކީ އަބަދާއި އަބަދު މާތް الله ގެ ބަރަކާތާއި ފުއްސެވުމާއި ރުއްސެވުން ލިބިގަތުމަށް އެދި, ހެޔޮ އަމަލު ކުރުންމަތީ ދެމިތިބޭ ބައެއް ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފަ އެވެ.

މިއަދުގެ ހުކުރު ޚުތުބާ ކުރިއަށް ގެންގޮސްފައިވަނީ ”ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން“ މި މައުޟޫއަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.