މާލެ، ހުޅުމާލެ އަދި ހުޅުލޭ ކަރަންޓު އެއްވިއުގައަކުން ގުޅާލުމުގެ ހުރިހާ މަސައްކަތެއް ނިމިއްޖެ

މާލެ،ހުޅުމާލެ އަދި ހުޅުލޭ ކަރަންޓު އެއްވިއުގައަކުން ގުޅާލުމުގެ ހުރިހާ މަސައްކަތެއް ނިމިއްޖެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މިއަދު ހެނދުނު ކަރަންޓު ކަނޑާލަންޖެހުނީ މިމަސައްކަތުގައި ސިނަމާލެ ބުރިޖުގެ މާލެއާ ވީކޮޅުން ކަނެކްޝަން ގުޅާލުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ. އަދި މިމަޝްރޫޢުގެ ދަށުން 3 ސަރަޙައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރތަކާއި ކަނެކްޝަންތައް ގުޅާލުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

ގްރޭޓަރ މާލެ ސަރަޙައްދުގައި ދިމާވާ ކަރަންޓުގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ހިންގަމުން އަންނަ މިމަޝްރޫއުގެ ދަށުން މާލެއާއި ހުޅުމާލެއާއި ހުޅުލެއާ ކަރަންޓުގެ އެއްވިއުގައަކުން ގުޅާލުމަށް ވަނީ ނިންމާފަ އެވެ.

އެއާއެކު މި 3 ސަރަޙައްދުގެ ތެރެއިން އެއްވެސް ސަރަޙައްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވެ ކަރަންޓު ކެނޑޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އަނެއް ސަރަޙައްދުގައި ބަހައްޓާފައިވާ ގްރިޑު މެދުވެރިކޮށް އެތަނަކަށް ކަރަންޓު ދިނުމުގެ އިންތިޒާމު ހަމަޖެހޭނެ އެވެ.

މިގޮތަށް ކަރަންޓު ދިނުމަށް ބޭނުންވާ މައި ކޭބަލް އަޅާފައިވަނީ ސިނަމާލޭ ބްރިޖު ދަށުން ނެވެ. ޖުމްލަ 6 ކޭބަލް މެދުވެރިކޮށް މިތިން ސަރަޙައްދުގެ ކަރަންޓު ގުޅާލަން އަޅާފައިވާ އިންޓަރކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދެވޭނެ ނެޓްވޯކް ކޭބަލެކެވެ.

އެއްވިއުގައަކުން ކަރަންޓު ގުޅާލުމުގެ މަސައްކަތުގެ ދަށުން މާލެއާއި ހުޅުމާލޭގައިވަނީ 95 މެގަ ވޮޓްގެ ޓްރާންސްފޯމަރު ބަހައްޓާފައެވެ. އަދި ހުޅުލޭގައިވަނީ 8 މެގަ ވޮޓްގެ ޓްރާންސްފޯމަރެއް ބަހައްޓާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.