ޖަންމޫ ކަޝްމީރު ޕާކިސްތާނު ފަޅީގައި ހަމަލާތަކެއް ދީ ސިފައިންތަކެއް މަރާލައިފި

ޖަންމޫ ކަޝްމީރުގެ ޕާކިސްތާނު ފަޅީގައި މިއަދު ބަޔަކު ހަމަލާދީ ގިނަ ބަޔަކު މަރާލައިފި އެވެ

ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާއި ޕާކިސްތާނު ސިފައިންގެ ގިނަ ބަޔަކާއި އެ ސަރަހައްދުގައި އުޅުނު އަސްކަރިއްޔާއަށް ތާއީދު ކުރާ ދެ މީހަކުު މަރުވެފައިވެ އެވެ. ހަމަލާތަކުގައި ޒަހަމްވެފައިވަނީ ސިފައިންގެ އެންމެ މީހެކެވެ.

އިޝްތިހާރު Below Header ad

އަދި އިތުރު އެހެން މީހުން މަރުވެފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކަށް ގަބޫލު ކުރެވޭތީ އެމީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ހަލަމާތަކާއި ގުޅިގެން ފަށާފައިވާ އޮޕަރޭޝަންގައި އަސްކަރިއްޔާއިން ހޯދަމުން ދަނީ ބައްދާލް ޖަންގައްޔެވެ. އެއީ ހަމަލާ ދިން މީހުން އެ ޖަންގައްޔަށް ވަދެ ފިލާފައިވާތީ އެވެ.

މިހަމަލާތައް ދީފައި މިވަނީ މިދިޔަ މަހުގެ29 ވަނަ ދުވަހު ޕާކިސްތާނު އަސްކަރިއްޔާއިން ސާޗް އޮޕަރޭޝަނެއް ފަށާފައިވަނިކޮށެވެ. އެ އޮޕަރޭޝަނަކީ ހައްދު ފަހަނައަޅާފައިވާ މީހުންނާއި ދެކޮޅަށް ކުރިޔަށް ގެންދާ އޮޕަރޭޝަނެެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.