ހިސާންގެ ބޮލަށް ބިލު ޖަހާ، ހިސާން ހަވަރަށް ދީފި: މިކާއިލް

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމުމާއެކު، މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ގެ ހޫނު ރައްދެއް އެމްޑީޕީއަށް އަމާޒު ވެއްޖެ އެވެ.

މީކާއިލް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައި މިވަނީ ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާލަން ނިންމުމާއި ގުޅިގެން ނެވެ.

އިޝްތިހާރު Below Header ad

ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރަމުން މީކާއީލް ވަނީ ސަރުކާރުން އެ ބިލު ދިފާއު ކުރަން އެއްވެސް މަސައްކަތެއް ނުކުރައްވާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެގޮތުން އެ ބިލު މަޖިލީހަށް ފޮނުވީ ސަރުކާރުން ކަމަށާއި މިބިލު ފޮނުވުމަށްފަހު ސަރުކާރުން މިބިލް ހިސާން ބޮލަށް ޖަހާފައި ހިސާން ހަވަރަށް ދީފައިވާ ކަމަށް މީކާއިލް ވަނީ ވ ިދާޅުވެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އޮތީ ވެރިކަން ކުރާ އެމްޑީޕީގެ “ފިޑި ސުޕަރ މެޖޯރިޓީއެއް” ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިބިލަށް ވާހަކަ ދެއްކެވި މެމްބަރުންގެ ތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުމެއް އުފެދިފައިވާކަން އެ މެމްބަރުންގެ ވާހަކަތަކުން ދޭހަވެފައި ވެއެވެ. އަދި ބަހުގެ ހޫނު ހަމަލާތަކެއް ވެސް ދަނީ ބަދަލު ކުރަމުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 3 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ހަރުކަށިފިކުރޭ އަމަޔޭކިޔައިގެންވެސް އެމްޑީޕީ މަޖްލިސްގެ މުޝްރިކުންބޭނުންވަނީ މިރާއްޖެއިން އިސްލާމްދީީން ފިލުވައިލާނެ ބިލެއްފާސްކުރާނެ ގޮތެއްވޭތޯބެލުން ވަރަށްވަރަށްާާ‘ ސާފް އިނގޭތޯ

  2. ތިޔައީ ލާދީނީ މީހެއްކަން އެނގޭ ފާސް ނުވިކަން އެއީ ނަސީބެއް.ފާސްވީނަމަ ވެރިކަން އެކޮޅުކޮޅުން ވެއްޓޭނެ. ލާދީނީ ގަމާރު.

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.