ދުބާއީގެ އެންމެ ބޮޑު ބަނދަރުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މެދުއިރުމަތީގެ އެންމެ ބޮޑު ވިޔަފާރި ބަނދަރުކަމުގައިވާ ދުބާއިގެ ޖަބަލް އަލީ ޕޯޓްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މިހާދިސާ ހިނގާފައި ވަނީ ބުދަދުވަހުގެރޭ ދަންވަރުއެވެ.

ބޭރުގެ މީޑިއާއަށް މަޢުލޫމާތު ދެމުން ދުބާއި ސަރުކާރުގެ މީޑިއާ އޮފީހުގެ ޑިރެކްޓަރ ޖެނަރަލް މޯނާ އަލްމައްރީ ވިދާޅުވެފައި ވަނީ، އަލިފާން ރޯވެފައި ވަނީ ޕޯޓްގައި އޮތް ކޮންޓޭނަރު އުފުލާ ބޯޓެއްގައި ހުރި ކޮންޓޭނަރުތަކެއްގެ ތެރެއިން އެއް ކޮންޓޭނަރުގައި ކަމަށެވެ. އަދި ކޮންޓޭނަރުގައި ރޯވެފައިވަނީ ފަސޭހައިން އަލިފާން ހިފާ ޒާތުގެ އެއްޗެހި އޭގައި ހުރުމުން ކަމަށްވެސް އަލްމައްރީ ބުނެފައިވެއެވެ.

އިޝްތިހާރު Below Header ad

“ދުބާއީއާއި ޔޫ.އޭ.އީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި އެއް ޤައުމު އަދި ސިޓީ، މިތަނުގައި ހުރިހާ ކަމެއްވެސް ވަރަށް ރައްކާތެރި. އެހެންނަމަވެސް މިރޭ ހިނގި މި ހާދިސާއަކީ ފަސޭހައިން އަލިފާން ހިފާ ޒާތުގެ އެއްޗެހި ބަރުކޮށްފައި ހުރި ކޮންޓޭނަރެއްގައި ދިމާވި ހިތާމަވެރި އެކްސިޑެންޓެއް. އެހެން އެއްވެސް ސަބަބެއް ފެންނާކަށް ނެތް. މިފަދަ ހާދިސާއެއް ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ހިނގާފާނެ” އަލްމައްރީ ބުނެފައިވެއެވެ.

ބާރު އަޑާއެކު އެއްޗެއް ގޮވައި އަލިފާން ރޯވި ވަގުތު އެހިސާބަށް ގުޑުންއަރާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވަނީ އެތައް ގަޑީރެއްގެ މަސައްކަތުންނެވެ.

މިހާދިސާއާއި ބެހޭގޮތުން ދުބާއި ފުލުހުންގެ އެންމެ އިސްވެރިޔާ ޢަބްދުﷲ އަލްމައްރީ ބުނެފައިވަނީ، އަލިފާން ރޯވެފައި ވަނީ އަލިފާންހިފާ ޒާތުގެ އެއްޗެހި ހުރި ކޮންޓޭނަރެއްގައި ކަމަށާއި، އެކޮންޓޭނަރ ހުރި ބޯޓުގައި އިތުރު 30 ކޮންޓޭނަރު ހުރި ކަމަށެވެ. އަދި ކޮންޓޭނަރުގައި ހުރި އެއްޗެހި ގޮވައި އޭގައި އަލިފާން ރޯވެފައި ވަނީ ކޮންޓޭނަރުގައި ހޫނު ގަދަވުމުންނާއި ގުޑުންއެރުމުގެ (ފްރިކްޝަންގެ) ސަބަބުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

dubai

ކޮންޓޭނަރު ގޮވައި އޭގައި ރޯވުމުން އެހެން ހިސާބުތަކަށްވެސް ވަނީ އަލިފާންގަނޑު ފެތުރިފައެވެ. އަދި އަލިފާނުގެ ސަބަބުން ދުބާއީ ޕޯޓަށް ލިބިފައިވާ ގެންލުން އަދި ސާފުނުވާކަމަށާއި، ޕޯޓުގެ މަސައްކަތް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާކަމަށް ޕޯޓްގެ އޮފިޝަލުން ބުނެފައިވެއެވެ.

އަލިފާން ރޯވިވަގުތު ބޯޓުގައި ކްރޫއިންގެ ގޮތުގައި 14 މީހުން ތިއްބެވެ. އަދި ﷲ ގެ ރަޙްމަތުން އެއެންމެންވެސް ވަނީ ސަލާމަތް ކޮށްފައި ކަމަށްވެސް ޢަބްދުﷲ ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.