މިޔާމީގަ އިމާރާތުގެ ދަށުވި މީހުން ހޯދުން ހުއްޓަލަނީ، މަރުވެފައިވާ ގިނަ މީހުން ފެނިފައިވަނީ އެނދުގައި އޮއްވަ

އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ މިޔާމީ ސިޓީގެ 12 ބުރީގެ އިމާރާތް ވެއްޓުނު ހާދިސާގައި އިމާރާތުގެ ދަށުވެ ގެއްލުނު މީހުން ހޯދުން ހުއްޓާލަން ނިންމައިފި އެވެ.

އެ ސިޓީގެ ކަމާ ބެހޭ ފަރާތްތަކުން އެގޮތަށް ނިންމީ އިމާރާތުގެ ދަށުވެ ގެއްލުނު މީހުންގެ އާއިލާ ތަކާއި ބައްދަލުކޮށް މަޝްވަރާކޮށް އެމީހުންވެސް އެގޮތަށް އެއްބަސްވުމުންނެވެ. މިހާތަނަށް 54 މީހެއްގެ މަރުވެފައިވާ ހަށިގަނޑު ފެނިފައިވާއިރު އަދިވެސް 88 އަށް މީހުން އިމާރާތުގެ ދަށުގައި ވާ ކަމަށް ބުނެ އެވެ.

އިޝްތިހާރު Below Header ad

ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވަނީ އެމީހުން ދިރިތިއްބަ ސަލާމަތް ކުރެވޭނެ ކަމުގެ އެއްވެސް އުންމީދެއް މިހާރު ނެތް ކަމަށެވެ. އަދި ރެއާ ދުވާލު ނުނިދައި ހުއްޓުމެއް ނެތި ދެ ހަފްތާ ވަންދެން އިމާރާތުގެ ދަށުގައި ތާށިވި މީހުން ސަލާމަތުން ހޯދޭތޯ މަސައްކަތް ކުރެވިއްޖެ ކަމަށް ބުނެފައިވެ އެވެ.

މި މަސައްކަތުގައި އިސްރާއީލާއި މެކްސިކޯއިންވެސް ޓީމެއް ފޮނުވައިގެން އެހީތެރިވެދީފައިވެ އެވެ.

އަލިފާން ނިވައި، މީހުން ހޯދުމުގައި ހަރަކާތްތެރިވާ މީހުން މީޑިއާގައި ބުނީ މިހާތަނަށް އިމާރާތުގެ ދަށުން ނެގި ގިނަ މީހުން މަރުވެފައި ތިބީ އެނދުގައި ނިދަން އޮއްވަ ކަމަށެވެ. އެ އިމާރާތް ވެއްޓިފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ.

މީހުން ސަލާމަތް ކުރުމުގެ މީހުން ވަނީ އުނދަގޫ ވަގުތުތަކެއް ހޭދަ ކޮށްފައި އެވެ. އެއީ މިޔާމީގެ މޫސުން ގޯސްވުމާއި ބޯ ދުން އެ އިމާރާތް ވެއްޓުނު އަސަރަހައްދުން އެރުމާއި އަލިފާނުގެ ސަބަބުންނެވެ.

އެ އިމާރާތަކީ މިޔާމީ ސިޓީގެ ގޮނޑުދޮށް ސަރަހައްދުގައި ހުންނަ ކޮންޑޯ އެކެވެ. އެ ކޮންޑޯއިން ވެއްޓިފައިވަނީ އިމާރާތުގެ އެއްބައެވެ. އެ އިމާރާތުގައި 130 އެޕާޓްމެންޓު ހުންނައިރު ވެއްޓުނު ފަޅީގައި ހުރީ 70 އެޕާޓްމެންޓެވެ.

އެއީ 1981 ވަނަ އަހަރު ހަދާފައިވާ އިމާރާތެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.