މާލެ ސަރަހައްދުގެ ކާފިއު އުވާލައިފި

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މާލެ ސަރަހައްދުގައި އިޢުލާންކޮށްފައިވާ ކާފިއު އުވާލައިފި އެވެ.

އެޗްޕީއޭ އިން ބުނީ ކާފިއު އުވާލުމާއެކު މިއަދުން ފެށިގެން ވަކި ޚާއްސަ ހުއްދައެއް ނެތި ކޮންމެ ގަޑިއަކު ވެސް ބޭރަށް ނިކުމެވޭނެ ކަމަށެވެ.

އިޝްތިހާރު Below Header ad

އެހެންކަމުން އާންމު ޚިދުމަތްދޭ ފިހާރާތަކާއި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ވެސް އާންމު އުސޫލުގައި ހުޅުވައިގެން ޚިދުމަތް ދޭ ގަޑތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ. އަދި ޚާއްސަ ގައިޑްލައިނާ އެކު ސިނަމާތައް ވެސް ހުޅުވާލަން ވަނީ ނިންމާފަ އެވެ.

ކާފިއު އުވާލާފައި މިވަނީ ކޮވިޑް ކޭސްތައް ފެންނަ އަދަދު ވަރަށް ބޮޑަށް މަދުވާން ފެށުމާއެކުގަ އެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނާ ނުލައި، އެކަމަކު ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު ރަށްރަށަށް ދެވޭ ގޮތަށް އުސޫލް ބަދަލުކޮށްފައިވާ ކަމަށެވެ.

“ފަސް ޕަސެންޓަށް ވުރެ ޕޮޒިޓިވިޓީ ރޭޓް ދަށްނަމަ ކަރަންޓީނުވާކަން ނުޖެހޭނެ. ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތައާއި 10 އިންސައްތައިގާ އުޅޭނަމަ ހަތް ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެ. އެއަށްވުރެ ޕޮޒިޓިވިޓީ ރޭޓް މަތިނަމަ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ.” މަބްރޫކް ވިދާޅުވި އެވެ.

ސަރުކާރުން މި ނިންމުން ނިންމާފައި މިވަނީ، ކޮވިޑް ޖެހުނު މީހުން ރަށްރަށަށް ދާން ލުއި ދިނުމަށް ފަހު ވެކްސިން ފުރިހަމަކުރި މީހުންނަށް ގޮތެއް ހޯދައިނުދޭ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. ބަލި ޖެހުނު މީހުންނަށް ކުރިން ލުއި ދިނީ ސަރުކާރުން ބުނެފައިވާ ގޮތުގައި، ވެކްސިން ޖެހި މީހުންނަށްވުރެ ލިބޭ ރައްކާތެރިކަން ބޮޑުވާތީ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކޮވިޑް-19 ޖެހި، ރަނގަޅުވާ މީހުން 60 ދުވަހުގެ ތެރޭގައި އަލުން ބަލިވުމަކީ ވަރަށް ނާދިރު ކަމެކެވެ. އަދި މުޅި ދުނިޔޭގައި ވެސް އެފަދަ ކޭސްތައް ވަރަށް މަދެވެ.

ސަރުކާރުން ބުނެފައިވަނީ ވެކްސިން ޖަހާފައި ތިބި މީހުންނަށް ލުއި ނުދެވުނީ ބޭނުންވާ މިންވަރަށް އާބާދީގެ މީހުން ވެކްސިން ޖަހާފައި ނެތުމުން ނެވެ. އެގޮތުން އެ މީހުންނަށް ލުޔެއް ދެވޭނީ އާބާދީގެ 75 ޕަސެންޓު މީހުންނަށް ވެކްސިން ޖަހައިގެން ކަމަށް ވެސް ސަރުކާރުން ކުރިން ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.