ހުޅުމާލޭގައި 114 ހައުސިންގ ޔުނިޓު އަޅަނީ، މިފަހަރު ކުދި އަދި މެދުފަންތީގެ ގެދޮރިވެރިކަމަށް އަމާޒުކޮށްގެން!

ހުޅުމާލޭގައި 114 ހައުސިންގ ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ކުދި އަދި މެދުފަންތީގެ ގެދޮރިވެރިކަމަށް އަމާޒުކޮށްގެން އަޅާ ހައުސިންގ ޔުނިޓުގެ މި މަޝްރޫއުތަކުގެ ދަށުން 114 ޔުނިޓްގެ މިކްސްޑް ޔޫސް ރެސިޑެންޝަލް ޔުނިޓް އިމާރާތް ކުރުމަށް ވަނީ ނިންމާފަ އެވެ.

އިޝްތިހާރު Below Header ad

މި މަޝްރޫއު ސާސޭގްނަޓް ޖޭވީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސާސޭގްނަޓް ޖޭވީ ޕްރައިވެޓް ލިމިޓަޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ސަވާދެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.

މި ހައުސިންގ ޔުނިޓުތައް ޢިމާރާތް ކުރުމަށް ނިންމާފައިވަނީ ހުޅުމާލެ ޕްލޮޓް 3-S1ގެ ލޮޓް 11445 ގަ އެވެ. މި ހައުސިންގ ޔުނިޓުތަކަކީ ވީހާވެސް އަގު ކުޑަކޮށް އާއްމުންނަށް ހުޅުވާލުމަށްޓަކައި ޕްރައިޒް ކެޕް ކުރެވިފައިވާ ޕްރޮޖެކްޓެކެވެ.

މިގޮތުން 60 ޕަސަންޓު ޔުނިޓުތައް ވިއްކޭނެ އެއްމެ ބޮޑު އަގަކީ އަކަފޫޓަކަށް 2185 ރުފިޔާ އެވެ. އަދި ބާކީ 40 ޕަސެންޓު މާކެޓު އަގުތަކުގައި ވިއްކުމުގެ ފުރުސަތު ވަނީ ޑިވަލޮޕަރއަށް ދީފަ އެވެ.

ޑީޓެއިލް ޑްރޮވިންގ އެޕްރޫވް ވުމުން 36 މަހުގެ ތެރޭގައި މި މަޝްރޫއު ނިންމަން ޖެހެ އެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތް ކުރެވިގެންދާ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްވެގެން ދާނީ ރަނގަޅު ފެންވަރެއްގައި ގިނަ ޚިދުމަތްތަކާއި އެކު އަތްފޯރާފަށުގައި ފޯރުކޮށްދެވިގެން ދާނެ މުހިއްމު ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ.

މި މަޝްރޫއު އާއި ބެހޭ ގިނަ މައުލޫމާތުތަކާއި އިންވެސްޓަރުންނަށް ހުރި އެހެނިހެން ފުރުސަތުތަކުގެ މައުލޫމާތު އެޗްޑީސީގެ “މައި ހުޅުމާލޭ ޕްރޮޕަޓީސް” ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.