އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ނެއްލައިދޫއަށް ތަޢާރަފް ކޮށްފި

1 ޖީބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ނެއްލައިދޫއަށް ތަޢާރަފް ކޮށްފި އެވެ.

އުރީދޫ އިން ބުނީ ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަރނެޓްގެ ޚިދުމަތް ހދ. ނެއްލައިދޫއިން ބައްލަވައިގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބޭނެ ކަމަށެވެ. އަދި ޔޫއެފާ ޔޫރޯ 2020 އާއި ގުޅިގެން ކުރިއަށްގެންދާ ޚާއްސަ ޕްރޮމޯޝަންގެ ދަށުން ސުޕަރނެޓް 50އެމް އަދި 100އެމް ނަންގަވާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓަށް 1މަސް ދުވަހުގެ ސަބްސްކްރައިޕްޝަން ވެސް މުޅިން ހިލޭ ލިބޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

އިޝްތިހާރު Below Header ad

މިކަމާއިގުޅިގެން އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށްޓަކައި އެ ކުންފުނިން މަސައްކަތް ކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެންމެހައި ބޭފުޅުންނަށްވެސް ފެންވަރު ރަނގަޅު އިންޓަރނެޓްގެ ޚިދުމަތް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ނެޓު ހެޔޮ މަޝްރޫގެ ދަށުން ދާދި ފަހުން ގެނައި ބަދަލުތަކާއެކު ސުޕަރނެޓް ޕެކޭޖްތަކަކީ މިހާރު މާކެޓްގައި އެންމެ ގިނަ ފައިދާތައް ލިބޭނެ ޕެކޭޖްތައް ކަމަށެވެ.

” %100 އާއި ހަމައަށް އިތުރު ޑޭޓާ، ޑޭޓާ ރޯލް އޯވަރ ގެ އިތުރުން ޑޭޓާ ހުސްވުމުން ލިބޭ ސްޕީޑްވެސް 2 ގުނައަށްވަނީ އިތުރުކުރެވިފަ. މިއަދު ސުޕަރނެޓްގެ ޚިދުމަތް ހދ. ނެއްލައިދޫއަށް ފޯރުކޮށްދީ އިތުރު ފުރިހަމަކަމާއެކު އިންޓަރނެޓް ބޭނުންކުރުމުގެ ފުރުސަތު ނެއްލައިދޫގެ ރައްޔިތުންނަށް ހުޅުވާލެވުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން.” ނިޔާޒު ވިދާޅުވި އެވެ.

ނެއްލައިދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަރނެޓްގެ ޚިދުމަތް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބޭނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.