ކޮވިޑުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދީފި

ކޮވިޑުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދީފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް ނެގެޓިވް ނަތީޖާއަކާ އެކު ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށެވެ.

އިޝްތިހާރު Below Header ad

“ދެވަނަ ޑޯޒް ޖެހިތާ ދެ ހަފުތާވެފައިވާ މީހުންނަށް ނެގެޓިވް ޕީސީއާރް ޓެސްޓުގެ ނަތީޖާ އާއެކު މޮނިޓަރިންގ ގައި ނެތް ރަަށްރަށަށް ކަރަންޓިނަކާ ނުލައި ރަށްރަށަށް ދެވޭނެ.” މަބްރޫކް ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރު އިޢުލާންކޮށްފައިވާ ކާފިއު ވެސް އުވާލަން ވަނީ ނިންމާފަ އެވެ. އަދި ތިރީސް މީހުނަށް ވުރެ ގިނަ ނުވާނެ ގޮތަށް އެއްވުންތަކާއި ހަފުލާތަކުގެ ހުއްދަ ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި ރެސްޓޯރަންތްތަކަށް ވެސް އާންމުން ވަދެ ޑައިނިންގ ގެ ޚިދުމަތް ރޭގަނޑު 11:30 އާހަމައަށް ދެވޭނެކަމަށް ވެސް ވަނީ ނިންމާފަ އެވެ.

ހަމަމިއާއެކު 30 މީހުންނަށް ވުރެ އިތުރުނުވާ އަދަދަށް މީހުން އެއްވެ އުޅެވޭނެ ކަމަށާއި ކުޅިވަރުތައް ކުޅުމަށް ވެސް ވަނީ ލުއިތައް ދޭން ނިންމާފަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.