ޔޫރޯ 2020: ސްޕެއިން ކަޓުވާލާ އިޓަލީ ފައިނަލަށް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ސެމީގައި ސްޕެއިން ކަޓުވާލުމަށް ފަހު އިޓަލީ ފައިނަލަށް ދަތަރުކޮށްފިއެވެ.

އިޓަލީ ފައިނަލަށް ދަތުރުކުރީ ޕެނަލްޓީގައި 2-4 އިން ސްޕެއިން ބަލިކޮށްގެންނެވެ.

އިޝްތިހާރު Below Header ad

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މެޗު 1-1 އިން އެއްވަރުވެފައި އޮތުމުން 15 މިނެޓުގެ އިތުރުވަގުތުގެ ދެހާފު ކުޅެވެސް ނަތީޖާއަށް ބަދަލެއް ނައުމުން ނަތީޖާ ނެރުމަށް ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި އިޓަލީ މެޗު ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅުނީ އިޓަލީންނެވެ. އެހެން ނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭ ސްޕެއިނުން މެޗުގެ ކޮންޓްރޯލް އަތުލާ ރަނގަޅަށް ކުޅެން ފެށިއެވެ. އެގޮތުން އެޓީމުން އިޓަލީގެ ގޯލަށް ނުރައްކާކުރިއިރު، ސްޕެއިންގެ އޮޔާޒަބާލްއަށް ލަނޑު ޖަހަން ހުސް ފުރުސަތެއް ވެސް ވަނީ ލިބިފައެވެ. ނަމަވެސް ލިބުނު މި ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. މިހާފުގައި އިޓަލީއަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެއޮވެއެވެ.

ދެވަނަ ހާފަށް ކުޅެން ނިކުމެ އިޓަލީން ކުޅުން ވަރުގަދަ ކުރިއިރު، ދެވަނަ ހާފްގެ ކުރީކޮޅުގައި އެޓީމުން ވަނީ ލަނޑުޖަހާ މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 60 ވަނަ މިނެޓުގައި އިޓަލީން ލީޑުނެގި އިރު، މި ލަނޑު އެޓީމަށް ޖަހައިދިނީ ފެޑްރިޗް ކިއޭސާއެވެ. މި ލަނޑަށް ފަހު ސްޕެއިނުން ދިޔައީ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ފަހުހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލްވާރޯ މޮރާޓާ ވަނީ ލަނޑެއް ޖަހާ ސްޕެއިންއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ނަތީޖާ އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފެވެ. އިތުރު ވަގުތުގެ ދެހާފުގައިވެސް ނަތީޖާ ނުނެރެވުމުން ދެން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

އެގޮތުން ފުރަތަމަ ޕެނަލްޓީ ޖެހީ އިޓަލީންނެވެ. ނަމަވެސް ލޮކަޓެލީ ޖެހި މި ޕެނަލްޓީ ސްޕެއިން ގޯލްކީޕަރު ސިމޮން ވަނީ މަތަކޮށްފައެވެ. ސްޕެއިނުން ފުރަތަމަ ޕެނަލްޓީ ޖަހަން ދިޔަ އޮލްމޯ ޖެހި ޕެނަލްޓީ ދިޔައީ މާ މަތިން ބޭރަށެވެ. އޭގެ ފަހުން ސްޕެއިންގެ މޮރާޓާ ޖެހި ޕެނަލްޓީ ވެސް އިޓަލީގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އިޓަލީއަށް މެޗު ކާމިޔާބު ކޮށްދިން ޕެނަލްޓީ ޖެހީ ޖޯޖީނިއޯއެވެ. އޭނާ މި ޕެނަލްޓީ ފޮނުވާލީ ވަރަށް ހަމަޖެހިލާފަ މަޑުމަޑުން ގޯލުގެ ކަނަށެވެ.

މިރޭގެ މޮޅާއި އެކު އިޓަލީ ޔޫރޯ މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު، އެޓީމު ފައިނަލުގައި ބައްދަލުކުރާނެ ޓީމެއް އެނގޭނީ މާދަމާ ރޭ އޮންނަ ސެމީގެ ދެވަނަ މެޗުގައި އިންގްލެންޑާއި ޑެންމާކު ކުޅޭ މެޗަށް ފަހުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.