އިންޑިއަން އައިޑޮލްގެ ބައިވެރިޔާ ޕަވަންދީޕް ތަފާތު ގޮތަކަށް ސަޕޯޓަރުން ހެއްވާލައިފި

މިހާރު ކުރިޔަށްދާ އިންޑިއަން އައިޑޮލް12 ގެ ބައިވެރިންގެ ތެރޭގައި ހިމެނޭ އިސްކޮޅުން ވަރަށް ކުރު ޕަވަންދީޕް ރަޖަން ތަފާތުު ގޮތަށް ސަޕޯޓަރުން ހެއްވާލައިފި އެވެ.

މިފަހަރު އިންޑިއަން އައިޑޮލް އަކީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވަމުންދާ ސީޒަނެކެވެ. ޖަޖުންނާއި ބައިވެރިންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުން ދާއިރު މިފަހަކުން ސޯޝަލް މީޑިއާގައިވެސް އެއްގޮތަކަށްވެސް އެ ޝޯއަށް ތާއީދުކޮށް މީހަކު އެއްޗެއް ނުލިޔެ އެވެ.

އިޝްތިހާރު Below Header ad

އެކަމަކު ޝޯގެ ހޮސްޓް އަދިތްޔަ ނާޔަރަން މިއަދު އޭނާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި އާންމު ކުރި ވީޑިއޯއަކުން އެންމެން ވަނީ ހެއްވާލާފައިވެ އެވެ. އަދި އަނެއްކާވެސް އިންޑިއަން އައިޑޮލްއަށް ގެއްލެމުންދިޔަ ސަމާލުކަނ ވަނީ ލިބެން ފަށާފައި އެވެ.

އެ ވީޑިއޯގައި ފެންނަނީ ޝޯގެ ހަތަރު ބައިވެރިންނާއި އެކު ސްޓޭޖު މަތީގައި އަދިތްޔާ ނަށާ ތަނެވެ. އެންމެން ހެއްވާލީ އެ ނެށުމުގައި ޕަވަންދީޕް ނަށާާ ގޮތުންނެވެ.

އޭނާއަށް ނަށަން ރަނގަޅަށް ނޭނގޭއިރު އެމީހުންނާއި ފައި ހަމަކޮށްލަން މޫނުމައްޗަށް ވަރަށް ސީރިއަސް ގޮތްތަކެއް ގެނެ ނަށަން އުޅޭތަން ފެނެ އެވެ. އެހެންވެ ސޯޝަލް މީޑިއާގައި ވަނީ އޭނާ ވަރަށް ‘ކިއުޓް” ކަމަށް ބުނެ ތައުރީފު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.