ދައުލަތުން ބޭނުންވަނީ އަލީ ވަހީދުގެ ހާޒިރުގައި މައްސަލަ ކުރިއަށް ގެންދަން!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ، ދައުލަތުން ބޭނުންވަނީ އަލީ ވަހީދުގެ ހާޒިރުގައި ކުރިއަށް ގެންދަން ކަމަށް ދައުލަތުން ބުނެފި އެވެ.

ދައުލަތުން އެދިފައިވަނީ ބަންދުކޮށްގެން ނަމަވެސް އޭނާ ކޯޓަށް ހާޒިރުކޮށްގެން ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށްގެންދިއުމަށް ދައުލަތުން ހައިކޯޓުގައި އެދިފަ އެވެ.

އިޝްތިހާރު Below Header ad

އަލީ ވަހީދުގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެކޯޓުގައި އިއްޔެ ކުރިއަށްދިޔަ އަޑުއެހުމުގައި ދަޢުލަތުގެ ވަކީލުން ވިދާޅުވެފައިވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ، ޕަބްލިކް އިންޓްރެސްޓްއޮތް މިފަދަ މައްސަލައެއްގެ ޝަރީއަތް ދަށު ކޯޓުން ޤާނޫނާއި ޚިލާފަށް ޝަރީޢަތް ހިންގާނަމަ އެކަން އިސްތިއުނާފު ކުރުން ނޫންގޮތެއް ދަޢުލަތަށް ނެތުމުން ކަމަށެވެ.

އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދިޔުމަކީ ޤާނޫނާއި ޚިލާފުކަމެއްކަމަށް ބުނެ ދަޢުލަތުން ހައިކޯޓުގައި މިމައްސަލަ އިސްތިއުނާފުކޮށްފައިވާއިރު، މިމައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ ކަންކަމާއި ގުޅިގެން ގިނަ ސުވާލުތަކެއް ފަނޑިޔާރުންގެ ބެންޗުން ވަނީ ދަޢުލަތަށް ކުރިމަތިކުރުވާފަ އެވެ.

އެގޮތުން މިފަދަ މައްސަލަތަކަކީ ހައިކޯޓުން 7 ދުވަސްތެރޭ ނިންމަންޖެހޭ މައްސަލައެއްކަން އެނގޭއިރު، އަދި އަލީ ވަހީދު ހުރީ ރާއްޖެއިން ބޭރުގައިކަން އެނގޭއިރު، މިމައްސަލަ ހައިކޯޓަށް ހުށައެޅީ ކޮން މަޤްސަދެއްގައިތޯ ފަނޑިޔާރުން ވަނީ ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލަށް ދަޢުލަތުގެ ވަކީލުން ވިދާޅުވީ ކޯޓުތަކުގެ އިޚްތިސާސް އޮންނަ ސަރަހައްދަށް މައްސަލައިގައި ހިމެނޭ މީހުން ގެނައުމުގެ ބާރު ލިބިގެންވަނީ ކޯޓުތަކަށް ކަމަށެވެ. އެހެންކަމުން އަލީ ވަހީދު ރާއްޖެ ގެނެސްގެން މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައިވެސް ކުރިއަށް ގެންދިއުމަށް ދަޢުލަތުން އެދޭކަމަށް ދަޢުލަތުގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުންވަނީ 7 ދުވަސްތެރޭގައި މައްސަލަ ނިންމަންޖެހޭއިރު އަމުރެއް ދަޢުލަތުގެ މައްޗަށް ނެރެފިނަމަ އެމުއްދަތުގެ ތެރޭގައި އަލީ ވަޙީދު ކޯޓަށް ހާޒިރު ކުރެވިދާނެތޯ ސުވާލުކުރައްވާ ފައެެވެ.

މިކަމާއި ގުޅިގެން ދައުލަތުންވަނީ އެހެން މައްސަލަތަކުގައި ވެސް ކޯޓަށް މީހުން ހާޒިރުކުރަން އަމުރުކުރުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެންވާ ކަމަށާއި، އެހާލަތުގައި ފުލުހުން މެދުވެރިކޮށް އެމީހަކު ކޯޓަށް ހާޒިރުކުރެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ޤަވާއިދުގެ ދަށުން ބަންދުކުރުމުގެ އަމުރެއް ކޯޓަށް ނެރެވިދާނެ ކަމަށާއި އެކަން ތަންފީޒުކުރާނީ ފުލުހުންކަމަށް ދައުލަތުގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. ޢަދި އެ އަމުރު ރައްދުވާނީ ދަޢުވާ ލިބޭ މީހާއަށް ކަމަށްވުމުން އެެ އަމުރު ނެރެވިދާނެ ކަމަށް ވެސް ދައުލަތުން ވިދާޅުވި އެވެ.

މީގެ އިތުރުން ދެން އޮތް ގޮތަކީ ޕާސް ޕޯޓު ހިފަހެއްޓުން ކަމަށްވާއިރު، އެ އަމުރު އަދިވެސް ދަށުކޯޓުން ދީފައިނުވާކަން ދަޢުލަތުން ވަނީ ފާހަގަކޮށްފަ އެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލިސް ނިންމާލީ ދަޢުލަތުގެ ފަރާތުން މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭކަންކަން ބެލުމަަށްފަހު ގޮތެއް ނިންމަވައި އަންގަވާނެކަން ޢިއުލާންކުރައްވަމުން ނެވެ.

ޢަލީ ވަޙީދު، ޓޫރިޒަމް މިނިސްޓަރގެ މަޤާމުގައި ހުންނެވި އިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ހަތް ދައުވާއެއް އުފުލާ އެ މައްސަލަތަކުގެ ޝަރީއަތްތައް މީގެ ކުރިން ވަނީ އަލީ ވަހީދު ހާޒިރުކޮށްގެން ކުރިޔަށްގެންގޮސްފަ އެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމާއެކު، އޭނާ ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފަ އެވެ. އެމައްސަލައިގައި އޭނާގެ ޕާސްޕޯޓް އަލުން ހިފަހައްޓައި ދިނުމުގެ އަމުރެއް ނެރެ ދިނުމަށް ފުލުހުން ކްރިމިނަލް ކޯޓަށް ހުށައެޅިނަމަވެސް ކޯޓުން އަމުރު ނެރުމަށް ވަނީ ދެކޮޅު ހަދާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.