ސަގާފީ އަދި ޒަމާނީ މިއުޒިކާއި ނެށުން ހުށަހަޅައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި

ސަގާފީ އަދި ޒަމާނީ މިއުޒިކާއި ނެށުން ހުށަހަޅައިދޭނެ ފަރާތެއް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން އިޢުލާނުކޮށްފި އެވެ.

މިއީ މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާވާފައިވާ ހަރަކާތެކެވެ.

އިޝްތިހާރު Below Header ad

އެންސީއޭ އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ މިނިވަންދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ޑާންސް، ސަގާފީ އަދި ޒަމާނީ މިއުޒިކްގެ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން [email protected] އަށް މި ޖުލައި މަހުގެ 12 ވާ ހޯމަ ދުވަހުގެ މެންދުރު 1 ޖެހުމުގެ ކުރިން މެއިލް ފޮނުވުމަށް އެންސީއޭ އިން އެދެއެވެ.

އެންސީއޭ އިން ބުނީ މިކަމާއިގުޅޭ އިތުރު މަޢުލޫމާތު 3313456 ނަންބަރު ފޯނަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކޮށްގެން ވެސް ހޯދޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.