ރާއްޖޭގެ ޙާލަތާ އެންމެގުޅޭ ރާއްޖެއަށް އެންމެފައިދާހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު: ރައީސް މައުމޫން

ދިވެހިރާއްޖޭގެ ޙާލަތާ އެންމެގުޅޭ ރާއްޖެއަށް އެންމެފައިދާހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ‘އާސްކް ސްޕީކަރ’ ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ނެވެ.

އިޝްތިހާރު Below Header ad

ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވަނީ ވެސް ހަމަ ރިޔާސީނިޒާމު ކަމަށެވެ. ވީމާ ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއްނެތް ކަމަށާއި ވަރަށްސާފު ކަމަށެވެ.

އާސްކް ސްޕީކަރ ޕްރޮގްރާމުގައި ރައީސް ނަޝީދު ރޭ ވަނީ 2023 ގެ ރިޔާސީ އިންތިޚާބުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުވެދާނެ ކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ.

އެގޮތުން އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމު ގެނެސް މަޖިލީސް ތެރެއިން ބޮޑުވަޒީރު ކަނޑައެޅިގެން ދާނެ ކަމަށާއި އެކަމުގައި ޕީޕީއެމްއާއި އެޕާޓީގެ ރައީސް އަބްދުﷲ ޔާމީނުގެ ތާއީދުވެސް އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ބަރުލަމާނީ ނިޒާމާއި ބޮޑުވަޒީރުގެ ވާހަކަ، ރައީސް ނަޝީދު އައު ކުރެއްވި އިރު، މީގެ ކުރިން އެތައް ހަފްލާއެއްގައި އެމަނިކުފާނު އަންނަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވަމުން ނެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވެސް ތަކުރާރުކޮށް އަންނަނީ ވިދާޅުވަމުން ނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.