އެމްޓީސިސީ ‘ހުނަވަރު’ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ޖުލައި 14 ގެ ނިޔަލަށް ހުޅުވާލައިފި

އެމްޓީސިސީ ‘ހުނަވަރު’ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ޖުލައި 14 ގެ ނިޔަލަށް ހުޅުވާލައިފި އެވެ.

އެ ކުންފުނިން ބުނީ ހުނަވަރު ޕްރޮގްރާމުގައި ބައިވެރި ވެވޭނީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނަށް ކަމަށެވެ. އަދި މި ޕްރޮގްރާމަށް މީހުން ހޮވާނީ އިންޓަވިއު ކުރުމަށް ފަހު ކަމަށެވެ.

އިޝްތިހާރު Below Header ad

”ހުނަވަރު ޓެކްނިކަލް ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2021“ ފެށުމަށް ނިންމާފައިވަނީ އަންނަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު އެވެ.

މިއީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި ތަމްރީނާއި ތަޖުރިބާ ލިބިފައިތިބި މަސައްކަތްތެރި މުއައްޒަފުން އެ ކުންފުނީގެ ވަޒީފާތަކަށް ހޯދުމަކީ މި ޕްރޮގްރާމް ކުރިއަށް ގެންދާ މަގުސަދެކެވެ.

މި ޕްރޮގްރާމް ދަށުން، ކޮންސްޓްރަކްޝަން ސައިޓްތަކުގެ އެސިސްޓަންޓް ސުޕަވައިޒަރުންނާއި މަގުހެދުމުގެ މަޝްރޫޢުތަކަށް ބޭނުންވާ މުއައްޒަފުން އަދި ވެލްޑިންގ ގެ ދާއިރާއަށް ބޭނުންވާ މުއައްޒަފުން ތަމްރީން ކުރުމަށް އެމްޓީސީސީން ވަނީ ނިންމާފަ އެވެ.

ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތީގެ ނިޔަލަށް ހެދުނު 7 އިން މެންދުރު 3 އަށް މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ތިން މަސްދުވަހުގެ މުއްދަތަކަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް ކޮންމެ މަހަކު 5،000 ރުފިޔާގެ އެލަވަންސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދިރިއުޅޭ ރަށް ނޫން ރަށެއްގައި ޕްރޮގްރާމް ކުރިއަށް ދެންދާ ނަމަ ހުރުމާއި ކެއުމުގެ އިންތިޒާމު ވެސް އެމްޓީސީސީން ހަމަޖައްސައިދޭނެ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.