ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓު ގަޑިއަށް ވަޑައިގަންނަވާ، އޭރުން ކިޔޫ ދިގެއް ނުވާނެ: އެޗްޕީއޭ

ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓު ހަމަޖައްސާފައިވާ ގަޑިއަށް ވަޑައިގެންނެވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދެފި އެވެ.

އެ އިދާރާ އިން ބުނީ ކިއުތައް ދިގުވާ މައިގަނޑު ސަބަބެއްކަމަށް ފާހަގަކުރެވެނީ އެޕޮއިންޓްމަންޓަށް ފަރުވާލެއް ނެތި މީހުން ކިއުއަށް އެރުން ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އެޕޮއިންޓްމަންޓް ލިބިފައިވާ ގަޑީގެ 2-3 ގަޑިއިރު ކުރިން ކިއުއަށް އަރާ ކަން ފާހަގަކުރެވޭ ކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ.

އިޝްތިހާރު Below Header ad

އެހެންކަމުން އެޕޮއިންޓްމަންޓް ދޫކޮށްފައިވާ ގަޑިއަށް ފަރުވާތެރިވެގެން ވެކްސިން ޖަހަން ދިއުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. އަދި އެޕޮއިންޓްމަންޓް ހަދާފައިވާ ވަގުތަށް ނާދެވިއްޖެނަމަ ބުކިންގ ކެންސަލްވާނެ ކަމަށާއި ދެން ޖެހޭނީ އެހެން ދުވަހަކަށް އަލުން އެޕޮއިންޓްމަންޓް ހަދަން ކަމަށް ވެސް ބުންޏެވެެ.

ކޮވިޝީލްޑް ވެކްސިން މިހާރުދެމުން ގެންދަނީ ފެބްރުއަރީ މަހާއި މާރޗް މަހުގެ ތެރޭ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ދެވަނަ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށެވެ.

މީގެ ކުރިން ކޮވިޑްގެ ވެކްސިން ޖަހައިދިން އިރުވެސް ކިއުތައް ދިގުވެ، ތޮށްޖެހުމުގެ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ.

ވެކްސިން ޖެހުމަށް އެޕޮއިންޓުމަންޓު ހެދުމަށް: މިލިންކް މެދުވެރިކޮށް ބޭނުން ވަގުތަކަށް އެޕޮއިންޓުމަންޓު ހެދޭނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.