މިއަހަރުގެ ކޭންސް ފިލްމް ފެސްޓިވަލްގައި ސައުދީ އަރަބިޔާއިން ބައިވެރިވަނީ

ފްރާންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ 74 ވަނަ ކޭންސް ފިލްމް ފެސްޓިވަލްގައި ސައުދީ އަރަބިއްޔާއިން ބައިވެރިވާކަން ހާމަކޮށްފިއެވެ. ކޮންމެ އަހަރަކުވެސް ބާއްވާ މިފިލްމް ފެސްޓިވަލް މިއަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނި ޖުލައި މަހުގެ 7 ން 17 އަށެވެ.

ސައުދީގެ ރަސްމީ ނޫސް އެޖެންސީ އެސް.ޕީ.އޭއިން ބުނެފައިވާ ގޮތުގައި މިފަހަރުގެ ފިލްމް ފެސްޓިވަލްގައި ސައުދީއަށް ހާއްސަކޮށް ވަކި ސަރަހައްދެއް ބަހައްޓާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިފަހަރުގެ ސެމިނާގައި ސަރުކާރުގެ ހިއްސާއޮންނަ ފިލްމް ކުންފުނިތަކާއި އަދި އަމިއްލަ ބައެއް ކުންފުނިތަކުން ބައިވެރި ވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ފިލްމް ކައުންސިލް، މިނިސްޓްރީ އޮފް އިންވެސްޓްމެންޓް، އާރް.ސީ.ޔޫ، ރެޑްސީ އިންޓަނޭޝަނަލް، އެމް.ބީ.ސީ ގްރޫޕް، އިތުރާ، އަދި ނިއޯން ކޮމްޕެނީ ހިމެނެއެވެ.

އިޝްތިހާރު Below Header ad

މިފެސްޓިވަލްގައި އެކި ފަރާތްތަކާއެކު ސައުދީ އަރަބިއްޔާގެ ފިލްމް އިންޑަސްޓްރީއަށް އިތުރު އިންވެސްޓްމެންޓް ހޯދުމުގެ ފުރުސަތުތަކާއި ބެހޭގޮތުންވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފިލްމް އުފައްދާ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުމާއި، ބޭރުގެ ފިލްމް އުފައްދާ ފަރާތްތަކާއި އިންވެސްތަރުންނާއެކު މުޢާމަލާތުކޮށް، އިތުރު ފުރުސަތުތައް ހޯދުމަށް މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

film

މިއީ ދުނިޔޭގެ އެކި ޤައުމުތަކުގެ ފިލްމް އިންޑަސްޓްރީގެ މީހުންނާ ގުޅުން ބަދަހިކޮށް، ސައުދީ ފިލްމުތައް ދުނިޔެއަށް ނެރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިތުރު ބޮޅެކެވެ.

މިއީ ސައުދީއިން ކޭންސް ފިލްމް ފެސްޓިވަލްގައި ބައިވެރިވާ ދެވަނަ ފަހަރެވެ. މީގެކުރިން ބައިވެރި ވެފައިވަނީ 2018 ވަނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.