ސައިޕްރަސްގެ ޖަންގަލީގައި ރޯވި އަލިފާންގަނޑު 4 މަރަށްފަހު ކޮންޓްރޯލް ކުރެވިއްޖެ

މިފަހުގެ ތާރީޚެއްގައި ސައިޕްރަސްގައި ހިނގި އަލިފާނުގެ އެންމެ ހިތާމަވެރި ހާދިސާ ކަމުގައިވާ އެޤައުމުގެ ޖަންގަލީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެޤައުމުގެ ފޮރެސްޓްރީ ޑިޕާޓްމަންޓުން ބުނެފިއެވެ.

ބާރު ވަޔާއެކު ހަލުވިކަމާއެކު ފެތުރުނު މިއަލިފާނގަނޑު ރޯވެފައި ވަނީ ފާއިތުވި ހޮނިހިރު ދުވަހުއެވެ. ރޯވުމާއެކު އަލިފާނގަނޑު ވަނީ ޓްރޫޑޫސް ފަރުބަދައާއި އެސަރަހައްދުގެ އަވަށްތަކަށް ފެތުރިފައެވެ. އަލިފާންގަނޑު ކޮންޓްރޯލްކޮށްފައި ވަނީ ގްރީކާއި އިޒްރާއީލްގެ މަތިންދާބޯޓުތަކުން ފެން ޖަހައިގެންނެވެ.

އިޝްތިހާރު Below Header ad

ސައިޕްރަސްގެ ފަޔަރ ޑިޕާޓްމަންޓުގެ ފަރާތުން ބުނެފައި ވަނީ، އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވި ނަމަވެސް އަދިވެސް ރޯވެދާނެ ކަމުގެ ބިރު އޮތުމުން އެސަރަހައްދުގައި އަދިވެސް ގިނަ އަދަދެއްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރި ވަމުންދާ ކަމުގައެވެ.

1960 ގައި ރިޕަބްލިކް އޮފް ސައިޕްރަސް ޤާއިމް ކުރި ފަހުން މިހާތަނަށް ދިމާވި އަލިފާނުގެ އެންމެ ނުރައްކާތެރި މިހާދިސާގައި 50 ގެ އަނދާ ހުލިވެ، ކަރަންޓު ލައިންތައް ހަލާކުވެ އަދި 10 އަވަށުން މީހުން ވަނީ ހުސްކުރަން ޖެހިފައެވެ. މިހާދިސާގައި ޖަންގައްޔާއި ދަނޑުބިންތައް ހިމެނޭހެން 55 އަކަކިލޯމީޓަރުގެ ސަރަހައްދެއް ވަނީ އަނދާފައެވެ. އަދި އަލިފާނުން ސަލާމަތްވާން އުޅުމުގެ ތެރޭގައި އޯޑޯސް އަވަށުން މިސްރުގެ 4 މަސައްކަތު މީހުން ވަނީ މިހާދިސާގައި މަރުވެފައެވެ.

burnt

މިހާދިސާގައި ގަސްދުގައި އަލިފާން ރޯކުރި ކަމުގެ ތުހުމަތުގައި 67 އަހަރުގެ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް އޭނާ ވަނީ އެދައުވާއަށް އިންކާރު ކޮށްފައެވެ. މަންޒަރުދުށް ބައެއް މީހުން ބުނެފައިވާ ގޮތުގައި އަލިފާން ރޯވިވަގުތު އެހިސާބުން ކާރެއްގައި އެމީހާ ދަނިކޮށް ވަނީ ފެނިފައެވެ. ކުށް ސާބިތުވެއްޖެ ނަމަ ގަސްދުގައި 4 މީހުން މެރިކަމުގެ ހުކުމް އޭނާއަށް ކުރެވޭނެއެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަޔަރ ފައިޓަރުންނާއި އަސްކަރިއްޔާގެ 600 އަށްވުރެ ގިނަ ފަރާތްތަކެއް ރެޔާއި ދުވާލު ވަނީ މަސައްކަތް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.