ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަންގައި ރާއްޖޭގެ މަގުބޫލުކަން ވަނީ އިތުރުވެފަ: ހަސަން ސޯބިރު

ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަންގައި ރާއްޖޭގެ މަގުބޫލުކަން ވަނީ އިތުރުވެފައި ކަމަށް ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަންއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކޮށް ބެލްޖިއަމްގައި ސްޓޭމްޕެއް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

އިޝްތިހާރު Below Header ad

ވަރޗުވަލްކޮށް “ޒޫމް” މެދުވެރިކޮށް ބޭއްވި މި ރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ އެ ސަރަހައްދުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސަރަހައްދުތަކުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން މިފަދަ ސްޓޭމްޕެއް ތައާރަފްކުރުމުން ރާއްޖެއާ މެދު އޮންނަ އިތުރުބާރު ބޮޑުވެގެންދާނެ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

Tourism 1 2

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ބެލްޖިއަމް އެމްބަސީމް އިސްނަގައިގެން ސްޓޭމްޕެއް ތައާރަފްކުރުން ދޭހަވެގެންދަނީ ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން  ކަމަށެވެ. އަދި އެކަމަށްޓަކައި ޝުކުރުއަދާ ކުރައްވާ.

މި ތައާރަފްކުރި ސްޓޭމްޕްގައި ޖަހާފައިވަނީ ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލްގެ ލޯގޯ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.