2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަކުރެއްވެން ޖެހޭނެ: ރައީސް ނަޝީދު

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވެން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

‘އާސްކް ސްޕީކަރ’ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޔާމީނަށް ދެރަގޮތެއް ވިޔަ ނުދޭނެ ކަމަށާއި ޔާމީނަށް ދެރެއެއް ވެސް ލިބުން ނޭދޭ ކަމަށެވެ.

އިޝްތިހާރު Below Header ad

“ދެން ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ލިބިދޭން ޖެހޭނެ.” ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާ އިރު، އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލުން ވަނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ފާސްކޮށްފަ އެވެ.

އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުން މަންފާ ހޯދިކަމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީނަށް ވަނީ އިއްވާފަ އެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ ގޭ ބަންދުގަ އެވެ.

ރައީސް ޔާމީނަށް ދަށު ކޯޓުގައި އިއްވި ހުކުމް، ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއީދުކޮށްފަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، ރައީސް ޔާމީނަށް ތާއީދު ކުރައްވާ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރަނީ އެމަނިކުފާނަށް އިއްވަވާފައިވާ ހުކުމަކީ އިންސާފުން ބޭރުން އިއްވާފައިވާ ހުކުމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.