ރައީސް ނަޝީދުގެ ވިސްނުންފުޅަކީ 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުން!

2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވިކަމަށް ދޭހަވާ މޭރުމަކުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި އެެވެ.

އެ މަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ އާސްކް ސްޕީކަރ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

އިޝްތިހާރު Below Header ad

ރައީސް ނަޝިދު ވިދާޅުވީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބެއް ބާއްވާ ނަމަ، ވާދަކުރައްވާނެ ކަމަށެވެ.

2023 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިމަތިލައްވަންޏާ ވާދަކުރައްވާނަންތޯ ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވާނީ ނަޝީދު ކަމަށެވެ.

2023 ގެ ރިޔާސީ އިންތިޚާބުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުވެދާނެ ކަމުގެ އިޝާރާތެއް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެކަމަކު އެންމެ ބޮޑަށް ބޭނުންފުޅު ވަނީ ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރަކަށް ވެވަޑައިގަތުން ކަމަށެވެ.

އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމު ގެނެސް މަޖިލީސް ތެރެއިން ބޮޑުވަޒީރު ކަނޑައެޅިގެން ދާނެ ކަމަށާއި އެކަމުގައި ޕީޕީއެމްއާއި އެޕާޓީގެ ރައީސް އަބްދުﷲ ޔާމީނުގެ ތާއީދުވެސް އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ބަރުލަމާނީ ނިޒާމާއި ބޮޑުވަޒީރުގެ ވާހަކަ، ރައީސް ނަޝީދު އައު ކުރެއްވި އިރު، މީގެ ކުރިން އެތައް ހަފްލާއެއްގައި އެމަނިކުފާނު އަންނަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވަމުން ނެވެ. އަދި ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވެސް ތަކުރާރުކޮށް އަންނަނީ ވިދާޅުވަމުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.