ގެވެށި އަނިޔާގެ 34 މައްސަލަ މެއި މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅައިފި

ގެވެށި އަނިޔާގެ 34 މައްސަލަ މެއި މަހު ހުށަހަޅާފައިވާ ކަމަށާއި އެފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުން 15 މައްސަލަ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ނަފްސާނީ އަނިޔާ ނުވަތަ އަނގަބަހުން އަނިޔާކުރުމުގެ 14 މައްސަލަ އާއި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 2 މައްސަލަ އަދި ޖިންސީ ހާނިއްކަކުރުމުގެ މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި ގަދަކަމުން ޖިންސީ ގޯނާކުރުމުގެ މައްސަލައަކާއި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 71 މައްސަލަ ވެސް މިދިޔަ މެއި މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުން ދައްކަ އެެވެ. އަދި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތައް ކަމަށާއި އެ ބާވަތުގެ 21 މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށް ވެސް ތަފާސް ހިސާބުގައި ވެއެވެ.

އެ މިނިސްޓްރީން ބުނީ އިހުމާލުވުމުގެ 16 މައްސަލައާއި ޖިސްމާނީ ހާނިއްކައިގެ 15 މައްސަލައާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 9 މައްސަލަ މިދިޔަ މެއި މަހު ހެށަހެޅި ކަމަށެވެ. އަދި ނަފްސާނީ ހާނިއްކައިގެ 8 މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ ނުވަތަ ފުރައްސާރައިގެ ޝިކާރަ އަކަށްވުމުގެ 2 މައްސަލަ ވެސް މެއި މަހު ހުށަހެޅި ކަމަށް ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.