ހާފިޒް ސައީދު ގޭ ކައިރީގައި ބޮން ގޮއްވާލީ އިންޑިއާއިން ކަމަށް ޕާކިސްތާނުން ތުހުމަތުކޮށްފި

ޕާކިސްތާނުގެ ލާހޯރުގައި ހުންނަ ލަޝްކަރޭ ތޮއިބާގެ ކޯ ފައުންޑަރު ހާފިޒް ސައީދުގެ ގޭގެ ދޮރު މަތީގައި ބާރުގަދަ ބޮމެއް ގޮއްވާލީ އިންޑިއާ އަޑީގައި އޮވެގެން ކަމަށް ޕާކިސްތާނުން ބުނެފި އެވެ.

އެ ބޮން ގޮއްވާލާފައިވަނީ މިދުޔަ މަހުގެ23 ވަނަ ދުވަހު އެވެ. އެ ހާދިސާގައި ތިންެ މީހަކު މަރުވެ 24 މީހުން ޒަހަމްވި އެވެ.

އިޝްތިހާރު Below Header ad

މިއަދު ޕާކިސްތާނުގެ ނެޝަނަލް ސެކިއުރިޓީ އެޑވައިޒަރު މޮއީދު ޔޫސުފް ވިދާޅުވީ އެ ބޮން ގޮއްވާލާފައިވަނީ އިންޑިއާގެ ރޯ އިންޓެލިޖެންސް އެޖެންސީގައި މަަސައްކަތް ކުރާ އެ ގައުމުގެ ރައްޔިތެއްކަން ސާބިތު ކުރެވިފައިވާ ކަމަށެވެ. އެކަމަކު އެމީހާގެ ނަމެއް ހާމައެއް ނުކުރެ އެވެ.

މޮއީދު ވިދާޅުވީ ބޮން ގޮއްވާލި މީހާއަކީ އިންޑިއާ މީހެއްކަން ކަށަވަރުކޮށް ހާމަ ކޮށްފައިވަނީ ފޮރެންސިކް ތަހުލީލުތަކާއި ބޮން ގޮއްވާލަން ބޭނުން ކޮށްފައިވާ އިލެކްޓްރޯނިކް ސާމާނުތައް ޓެސްޓު ކޮށް ބަލާ ހެދުމުން އެކަން ސާބިތުވެފައިވާތީ ކަމަށެވެ. އޭނާ ވިދާޅުވީ އިންޑިއާއިން ޓެރަރިޒަމަށް ހިއްވަރު ދީގެން ކުރާ މިފަދަ ހުރިހާ އަމަލެއް ޕާކިސްތާނުން ފަސް ޖެހުމެއް ނެތި ހާމަ ކުރާނެ ކަމަށެވެ.

ހާފިޒް ސައީދާއި ދެކޮޅަށް އިންޑިއާއިން މަސައްކަތް ކުރަނީ އިންޑިއާގެ މުމްބާއީގައި 2008 ވަނަ އަހަރު ދިން ޓެރަރިސްޓު ހަމަލާތަކުގެ އަޑީގައި އޭނާ ހުރި ކަމަށް ތުހުމަތުކޮށްފައި އެވެ. އެ ޓެރަރިސްޓު ހަމަލާތަކުގައި 170 މީހުން މަރުވެފައިވެ އެވެ.

ޕާކިސްތާނުގެ މި ތުހުމަތުތަކާއި ގުުޅޭގޮތުން އިންޑިއާއިން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.