ޓައިސަން ފުޑްސް އިންކް އިން އުފައްދާފައިވާ ކުކުޅުގައި ބެކްޓީރިއާ ހުރެދާނެ، ސަމާލުވޭ!

ޓައިސަން ފުޑްސް އިންކްއިން އުފައްދާފައިވާ ކުކުޅުގެ ބައެއް އުފެއްދުންތަކުގައި ލިސްޓީރިއާ ބެކްޓީރިއާގެ އަސަރު ހުރެދާނެ ކަމަށް ކާބޯތަކެތީގެ ރައްކާތެރި ކަމާއިބެހޭ އެމެރިކާގެ އިދާރާ އެފްސިސް އިން ބުނެފި އެވެެ.

އެ އިދާރާ އިން ވަނީ ޓައިސަން ފުޑްސް އިން އުފައްދާ 8.5 މިލިއަން ޕައުންޑްގެ އުފެއްދުން ބޭނުން ނުކުރުމަށް އިންޒާރުކޮށްފަ އެވެ.

އިޝްތިހާރު Below Header ad

ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މަޝްހޫރު ބްރޭންޑާއި ބެހޭ ގޮތުން އެފްސިސް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޑިސެމްބަރު 26، 2020 އާއި އޭޕްރިލް 13، 2021 އާ ދެމެދު ޓައިސަން ފުޑްސް އިންކްއިން އެއްކޮށް ކައްކާ، ގަނޑުކޮށްގެން ބާޒާރަށް ނެރެފައިވާ ކުކުޅުގެ އުފެއްދުންތަކުގައި ލިސްޓީރިއާގެ އަސަރު ހުރި ކަމަށެވެ.

އެކަން އެ އިދާރާގެ ތަޖުރިބާކާރުން ބަލާފައި މިވަނީ 2 މީހަކު ލިސްޓީރިއޯސިސްއަށް ޕޮޒިޓިވްވުމުން ނެވެ.

އެމެރިކާގެ ނޫސްތަކުގައި ބުނެފައިވަނީ ދިފާއީ ވުޒާރާގެ ބައެއް މަރުކަޒުތަކަށް ވެސް މި އުފެއްދުން ފޯރާފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެހެންކަމުން މިއީ ވަރަށް ސީރިއަސްކޮށް ބަލައި، ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.

ލިސްޓީރިއޯސިސްއަކީ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ، ބެކްޓީރިއަލް އިންފެކްޝަނެކެވެ.

ލިސްޓީރިއާ ބެކްޓިރިއާގެ އަސަރު ކުރުމުން ފެނިދާނެ ބައެއް އާލާމަތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، ގައިގައި ރިއްސުން، ބެލަންސް ކުރަން ދަތިވުން، ކަރަށް ނާރުއެރުން، ވާނުވާ ނޭނގޭ ގޮތަށް އޮޅުން އެރުން ހިމެނެ އެވެ. އަދި ހިއްސު ކެނޑުމާއި ގޮހުރުގެ ބައެއް އުނދަގޫތައް ވެސް ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.