ތުޅާދޫގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، އެ ގެ އެއްކޮށް އަނދައިފި

ބ. ތުޅާދޫގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، އެ ގެ އެއްކޮށް އަނދައިފި އެވެ.

އެރަށު ކައުންސިލުން ބުނީ ގުލްޝަނީ ހިޔާ ގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ކަމަށެވެ. އަދި މި ހާދިސާ އާ ގުޅިގެން އެ ގެ އެއްކޮށް އަނދާފައިވާ ކަމަށް ވެސް ބުންޏެވެ.

އިޝްތިހާރު Below Header ad

“އަލިފާން ރޯވި ވަގުތު އެ ގޭގައި އެއްވެސް މީހަކު ނޫޅޭތީ މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ. އެކަމަކު ގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރު ފަދަ ތަކެތި ވަނީ އެއްކޮށް ހަލާކުވެ، ބޭނުން ނުކުރެވޭވަރު ވެފަ.” ކައުންސިލުން ބުންޏެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު އެޓޯލް ނިއުސްއަށް ބުނީ އެ ގޭގެ ވެރިން ދިރިއުޅެނީ މާލޭގައި ކަމަށެވެ. އަދި އެގޭގައިމިހާރު އުޅެނީ ދެމަފިރިއަކާ ކުޑަ ދެކުދިން ކަމަށެވެ.

އެ ގޭގައި ރޯވި އަލިފާން ރައްޔިތުން ނުކުމެ ކުރި މަސައްކަތުން ނިއްވާލާފައިވާ އިރު، އަލިފާން ރޯވި ގޭގައި ފުލުހުންނާއި ކައުންސިލްގެ މުވައްޒަފުން މިހާރު އަންނަނީ ހަރަކާތްތެރިވަމުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.