ފަތުރުވެރިކަމުގެ ރަންއަހަރުގެ ރަސްމީ ލޯގޯ ބޭނުންކުރަން ރެޖިސްޓްރީވުމަށް ހުޅުވާލައިފި

ފަތުރުވެރިކަމުގެ ރަންއަހަރުގެ ރަސްމީ ލޯގޯ ބޭނުންކުރަން ރެޖިސްޓްރީވުމަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ 2022 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް އަހަރު ކަމަށްވާތީ، އެއަހަރު ފާހަގަކުރުމުގެ ގޮތުން ބޭނުންކުރުމަށް ކަނޑައަޅައި، ފަރުމާކޮށްފައިވާ ފަތުރުވެރިކަމުގެ ރަންއަހަރުގެ ރަސްމީ ލޯގޯ ފުޅާދާއިރާއެއްގައި ބޭނުންކުރުމަކީ އެ މިނިސްޓްރީ އިން މަރުހަބާ ކިޔާކަމެއް ކަމަށެވެ.

އިޝްތިހާރު Below Header ad

މިއަހަރުގެ މާރޗް މަހު އިފްތިތާޙް ކޮށްފައިވާ މި ލޯގޯ ފަތުރުވެރިކަމުގެ އެކިއެކިކަންކަމުގަ އާއި ރާއްޖެ ޕްރޮމޯޓް ކުރުމަށް ހިލޭ ބެހުމަށް ތައްޔާރުކުރެވޭ ތަކެތީގައި ބޭނުންކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް އެ ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

ނަމަވެސް ލޯގޯ ބޭނުންކުރަންވާނީ، މިކަމަށްޓަކައި އެ މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން، ލޯގޯ ބޭނުންކުރުމުގެ ގައިޑްލައިނާއި މިންގަޑުތަކާއި އެއްގޮތަށް ކަމަށް ވަނީ ބުނެފަ އެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ލޯގޯ ބޭނުންކުރުމަށް ރަޖިސްޓަރީ ކުރުމަށް އެދިލައްވާނެ އެޕްލިކޭޝަން ފޯމް، “ފަތުރުވެރިކަމުގެ ރަން އަހަރުގެ ލޯގޯ ބޭނުންކުރުމަށް ރަޖިސްޓްރީކުރުމަށް އެދޭ ފޯމު” އަދި ލޯގޯ ބޭނުންކުރުމުގެ ގައިޑްލައިން އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

އަދި މި ލޯގޯ ވިޔަފާރި އުސޫލުން ބޭނުންކުރެވޭނީ މިކަމަށްޓަކައި އެ މިނިސްޓްރީން ދޫކުރާ ޚާއްސަ ހުއްދައެއްގެ ދަށުންކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.