އައިޖީއެމްއެޗުގެ އޯޕީޑީގެ ޚިދުމަތް އަލުން މިއަދު ފަށައިފި

އައިޖީއެމްއެޗުގެ އޯޕީޑީގެ ޚިދުމަތް އަލުން މިއަދު ފަށައިފި އެވެ.

މި ޚިދުމަތް އަލުން ފެށުމަށް ނިންމީ މެދުކަނޑާލީ ކޮވިޑާ ގުޅިގެން ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައިވާތީ އެވެ.

އިޝްތިހާރު Below Header ad

އައިޖީއެމްއެޗުން ބުނީ މިއަދުން ފެށިގެން ހުރިހާ ޑިޕާޓްމެންޓަކުން ވެސް ބަލިމީހުން ހޮސްޕިޓަލަށް ގެންގޮސްގެން ހިންގާ އޯޕީޑީތައް ފަށާނެ ކަމަށެވެ.

މީގެ އިތުރުން ފިޒިއޯ ތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީ ސެޝަންތަކާއި ކުރިން އޮންލައިންކޮށް ދެމުންދިޔަ ސެންޓަރ ފޯ މެންޓަލް ހެލްތުގެ ޚިދުމަތް ވެސް ފަށާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީ ސެޝަންތައް ކުރިއަށް ގެންދިއުމާއި ރޭޑިއޮލޮޖީ ޑިޕާޓްމެންޓުން ދޭ ޚިދުމަތްތަކާއި ލެބޯޓަރީ ޚިދުމަތްތަކާއި ދުރާލާ ރާވައިގެން ކުރާ އޮޕަރޭޝަންތައް ވެސް މިއަދުން ފެށިގެން ކުރިޔަށް ގެންދާނެ ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލުން ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.