ބީއެމްއެލްގެ ބްރާންޗުތަކާއި ސަރވިސް ސެންޓަރުތައް ހުޅުވަނީ!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗުތަކާއި ސަރވިސް ސެންޓަރުތައް ހުޅުވަން ނިންމައިފި އެވެ.

އެ ބޭންކުން ބުނީ މާދަމާ އިން ފެށިގެން ބީއެމްއެލްގެ ބްރާންޗުތަކާއި ސަރވިސް ސެންޓަރުތައް ހުޅުވަން ނިންމާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

މިގޮތަށް ނިންމީ ކޮވިޑުގެ ކޭސްތައް ދަށަށް ދިއުމާ ގުޅިގެން ސަރުކާރުން ބޮޑެތި ލުއިތަކެއްދީ، މާދަމާއިން ފެށިގެން ސަރުކާރު އޮފީސްތަކާއި ޕްރައިވެޓް އޮފީސްތައް ހުޅުވުމުގެ ހުއްދަ ދީފައިވާތީ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނީ މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ބްރާންޗުތަކާއި ސަރވިސް ސެންތަރުތައް ހުޅުވާފައި ހުންނާނެ ކަމަށެވެ. އަދި މިގޮތަށް ދޭނީ އޮންލައިން އަދި ސެލްފް ސަރވިސް ބޭންކިންގ މެދުވެރިކޮށް ލިބެން ނުހުންނަ ޚިދުމަތްތައް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

“ބީއެމްއެލްގެ ހިދުމަތްތައް ހޯދުމަށް ކަސްޓަމަރުންނަށް “ކިއުބީ” އެޕްލިކޭޝަން މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެ. އަދި ކިއުބީ މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުންގެ އަދަދު ބްރާންޗަށް އައުމުގެ ކުރިން އޮންލައިންކޮށް ބަލާލެވޭނެ. ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެ.” ބީއެމްއެލް އިން ބުންޏެވެ.

މީގެ އިތުރުން ބީއެމްއެލް އިން ބުނީ އެޕޮއިންޓްމަންޓް މެދުވެރިކޮށް ދިނުމަށް ހަމަޖެހިފައިވާ ޚިދުމަތްތައް ކުރިއެކޭވެސް އެއްގޮތަށް ލިބޭނެ ކަމަށެވެ. އަދި އެޕޮއިންޓްމަންޓަށް ޚިދުމަތް ދޭނީ ބީއެމްއެލްގެ އެކައުންޓް އޯޕެނިންގ ސެންޓަރުންނާއި ލޯން ސެންޓަރުންނާއި ބިޒްނަސް ސެންޓަރުން ކަމަށެވެ.

މި ސެންޓަރުތަކުން ޚިދުމަތް ހޯދުމަށް ބޭންކުގެ ވެބްސައިޓު މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެެވެ.

ނަމަވެސް ކަސްޓަމަރުން ގޭގައި ތިބެގެން ބޭންކިންގގެ ޚިދުމަތް ބޭނުންކޮށް، އޮންލައިންކޮށް ލިބެން ހުންނަ ޚިދުމަތްތައް ބޭނުން ކުރުމަށް ބީއެމްއެލް އިން ވަނީ އެދިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.